Sunday, January 31, 2010

އޮރިޔާމުން މީހުންކައިރިޔަށް ވަދެ ފިހަން އުޅޭ ސިޔާސީ ބޮޑު ފޮޅި ދެއްޔަށް ހަދާލާނަން

މިހާރަކަށް އައިސް ކޮންމެ ރެއަކު ހުސްހަށިބައި އަންހެނުން ކައިރިޔަށް ރޯ އޮރިޔާމުން ވަދެ ބިރުދައްކާ ހަރުވާޅު ވީދާއި ތަކެއްޗަށް ގެއްލުންދީ ރަށްޔިތުންގެ ތެރޭގައި ހައިޖައިނު އުފައްދާ ސިޔާސީ ގުންޑައިން ފިހަން އުޅޭ ބޮޑު ފަތަފޮޅީގެ ކަންތަށްގަނޑު އުޖާލާ ވިދުވަރު ގެ ޓީމުން މިދަނީ ވަރަށް ގާތުން ފާރަވެރިވެ ބަލަމުންނެވެ. މިއީ ކާކުކަން މިހާރު ވަރަށް ރަނގަޅަށް ސާބިތު ވަމުން އެބަދެއެވެ.
އިތުރަށް ވިދާޅުވޭ....
އަދި މިވަގުތު އިތުރަށް ބަލަމުންދާތީ ބައެއް މަޢުލޫމާތު ހާމަކުރެވޭކަށް ނެތެވެ. އެހެންނަމަވެސް ރަށްޔިތުންޓަކައި ކުޑަމިންވަރެއް ބުނެލަދޭނަމެވެ. މިކަމަކީ މިއީ ސިޔާސީ ވަރުގަދަ ފޮޅިއެއްފިހަން ވެގެން ޝާހީ އާއިލާއާއި ގޮޅާބޯތަށް ރާވާފައިވާ ބޮޑުރޭވުމެކެވެ. އަދި ކުޑަ ފޫޅު ހެދިގެން މިއުޅެނީވެސް ހަމަ މީގެ މީހެކެވެ. ނަމާއި އުމުނާއި އިސްކޮޅާއި ކުލަޔައި ވަހާއި އެއްޗެހި ފައިނަލް ހިޕޯޓު އެކުލަވާ ލުމަށްފަހު ޝާއިއު ކުރުމުގެ މަސައްކަތް ވަރަށް ފޯރިޔާއެކު ލޮލުފިޔައެއް ޖަހާނުލާ ކުރިޔަށް އެބަދެއެވެ. ބަކަރި ކޮންމެ ރެއަކު އަދި އުޅެނީވެސް ރޯ އޮރިޔާމުން ވަޅި ހިފައިގެންނެވެ. ކަށިކެޔޮ އުއްޑަ ޖަހާހެން އުއްޑަ ޖަލާލަފާނަމެވެ.

އުޖާލާ ވިދުވަރުގެ ޚާއްސަ ދަންނަވާލުން

ހުރިހާ ކުދިންނަށް ވަރަށް ސަލާން. ކަނޑީމުގެ ލޮބުވެތި ރަށްޔިތުންނޭ ގުންޑާއިންތަށް ވަރުގަދަ ފޮޅިއެއް ފިހަން އެބައުޅޭ. ތަވަޔަށް ލުމުގެ ކުރިން ދެއްޔަށް ހަދާލުމުގެ މަސައްކަތް ވަރަށް ވަރުގަދަޔަށް އެބަޖައްސަން. ބޮޑު ބަލާއެއް މީ ހިންދެމި ނުލެވެއެވެ. މިއާލާތުންނާއި ހެދި!!!

މިއީ ކަނޑިތީމު އުޖާލާ ވިދުވަރެވެ. ކަނޑިތީމު އުޖާލާ ވިދުވަރު އެތަށް ޒަމާން ތަކެއްވަންދެން ތަޅާސުންނާފަތިކޮށް ފިއްލަ ފިއްލަ ކުޅެންވަންނަ ތަނަކަށް ހަދައި ބޭނުން ނުކޮށް ހުރުމަށްފަހު ވަނީ ކަނޑިތީމުން މުޅިން ފޮހެލެވިފައެވެ. އެހެންނަމަވެސް ކަނޑިތީމު ރައްޔިތުންގެ ކަންތަށް ވަރަށް ގާތުން ބަލަމުން ދިޔައީމެވެ.
އިތުރަށް ވިދާޅުވޭ....

އެތަށް ޒަމާން ތަކެއްވަންދެން މިހެން ބަލަމުން އައިސް ކަނޑތީމުގައި ގޮށްމުށުން ވެރިކަން ކުރެޔޭ ބުނާ ޒާތުގެ ވެރިން ތަކެއް އައިސް ޝާހީ އާއިލާގެ ނުފޫޒު ވަރުގަދަވެ ރަށްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދާ ސިޔާސީ ކޯޅުންތަށް ބޮޑުވެ އަންހެން ކުދިންގެ ހަރުވާޅުތަށް ވީދަ އުޖާލާ ވިދުވަރަށް ކަނޑިތީމު ރަށްޔިތުންގެ ފަރާތުން ހުށައަޅަމުންދާ މައްސަލަތަށް ފުނިޖެހި ގުންޑާއިންގެ ބަލާ ބޮޑުވުމުގެ ސަބަބުން މި ހައިޖައިނުންތަށް މައިތިރިކޮށް ކަންކަމުގެ ހަގީގަތް ފާޅުކޮށް މައްސަލަ ބެލުމަށް ޓަކައި އުޖާލާވިދުވަރު އަލުން ފަށާގަނެ ހަތަރު ފަރާތަށް ފާރަވެރިން ފޮނުވައި ކަނޑިތީމު ރަށްޔިތުންގެ ހައްގުތަށް ހިމާޔަތްކޮށް ހަމަޖެހިލައިގެން ދިރިއުޅެވޭނެ މަގެއް ހޯދާ ދިނުމަށް ޓަކައި އުޖާލާ ވިދުވަރު އަލުން ހުޅުވެމެވެ. އިރާދަ ކުރެއްވިއްޔާ އުޖާލާ ވިދުގެ ޓީމު މިހާރު މިސްރާބު ޖަހައިފައި މިވަނީ ވަރަށްވެސް ފުރިހަމަ އަޒުމަކާއި އުއްމީދަކާއި އެކު ކަނޑިތީމުގައި މިހިނގާ ސިއްރުކަންތަށް ތަށް ރަށްޔިތުންނަށް ހާމަ ކޮށްދީ ވާނުވާ އޮޅުންފިލުވާ ދިނުމުގެ އާ އަޒުމަކާއިގެންގެވެ. ޝުކުރިއްޔާ އަދި ޒިޔާރަތް ކޮށްލައްވާ ކަންތަށް ގަނޑު ހިލުވާލާތަން ބަލަން.