Saturday, March 20, 2010

އުޖާލާ ވިދުވަރުގެޓީމު ކުރިމަތިލާނެ ހިއްވަރެއް ގުންޑާފޯސަކުނެތް . ގުންޑާ ފަތޭ ރަތަށް އަރާ ކޮޅުކޮޅުމައްޗަށް ދުވެން ފަށައިފި

ކަނޑިތީމުގައި މަވަރެއް ނެތިގެން މިއުޅޭ ޑީއާރުޕީ ގުންޑާއިންގެ މޭކަރާ ކޮޅުކޮޅުމަށްޗައް ޖުއްލާބު ކައިގެން ހިފިނުހުންނަ މީހުން ތެޅޭހެން ދުވެން ފަށާފިއެވެ. ޔޫވީ ޓީމު ގެ ވާހަކަ ތައް ހަޖަމް ނުކުރެވިގެން ކުޑަ ފޫޅު ހަމީދާ ގުްންޑާ ފަތޭއާ އޭނަގެ އިސްމުސީރު ދޮން މޮހައްމަދު ވަނީ މޮޔަ ބޮލަށް އަރައިގެން މަސްތުވާހާލުގައި ރޯއައުގުރުވާނ ގޮވާ މަވަރުގެ ބައެއް ނެއްކަމަށް ހަދާ އަލީރިފާޒަށް ބިރުދަށްކާފައެވެ.އިތުރަށް ވިދާޅުވޭ....ޅަދަރި ފުރަހަންނަށް ގޭދަށުގައި ތިއްބާ ޗޯރާއިްނގެ ގުްންޑާ ފޯސް ރޭގެ ވަނީ އައުގުރުވާނ ކިޔުމުގެ ރިކޯޑު ކުރިން ހަދާފައިވާ މުދިމު އަށްދުރަހީމްބެ ގެ ރިކޯޑު ވަށްޓާލާ އައުގުރުވާން ކިއުމުގެ އާރެކޯޑެއް ހަދާފައެވެ. ރޭގެ މިއިވެން ޓު ކަވަ ކުރަން އުޅުނު ޔޫވީގެ މުރާސިލުން ހާމަ ކުރިގޮތުގައި ޔޫވީ ޗެޓް ބޮކްސް ގައި ކިޔުންތެރިޔަކު ކޮށްފައިވާ ސައުޓަކާ ގުޅިގެން އެކަމުގެ ހަސަދަ ފިލުވާލުމުގެ ގޮތުން ގުންޑާ ފަތޭ އިސްވެ ހުރެ މިހެދި އާރިކޯޑް ހަދާފައިވަނީ އަލީރިފާޒު އާދެކޮޅަށެވެ.
ދޮންމޮހައްމަދު ކުޑަކުދިން ނާ ބެހޭ ވާހަކައަކީ އާވާހަކެއްނޫނެ ބޮލަށް އަރައިގެން މިއުޅޭ ގުްންޑާ ދޮނާއަކީ މީގެ ކުރިން ވެސް މީހުންކައިރިޔަށ ްވަނުމާ ގޭގޭ ގިފިލުބެލުމު ކުޑަކުދިން ނާ ބެހުމުގެ ރެކޯޑު ހަދަމުން ދުވާ މީހެކެވެ. އަދި ކުޑަ ފޫޅުހަމީދަކީ ކުޑަކުދިން ނާ ބޮޑެތި މީހުން ކައިރިޔަށް ވަނުމުގެ ރޮނގުން މަތީތައުލީމް ހާސިލް ކުރަށް ވައިގެން އަބަދު ބައިކަޅި ވެފަ ހުން ނަ މީހަކަށ ްވާއިރު މިފަހަރު ގުންޑާ ފަތޭއަށް މިލިބުނީ ފިސާރި ރަނގަޅު ބޮންޑިއެއްތާ ދޯއެ. އަމިއްލަ ދަރި ހިމާޔަށް ކުރަން ދޮންމޮހައްމަދުގެ ވާހަކަ ނުދައްކަން ހުއްޓާ މިފަހަރު އެކަން މިވަނީ ފަޅާ އަރުވާލާފަތާ ދޯ..
ގުންޑާއިންގެ ތެރޭގައި އުޅޭ ޔޫވީ ޓީމުގެ ސޯސްތަކުން ހާމަ ކުރި ގޮތުގައި ގުންޑާ ފަތޭ ވަނީ މިމައްސަލަ ކަނޑިތީމު ޕޮލިސްޓޭސަނަށް ވެސް ހުށަހަޅާފައެވެ. އަދި އެކަމުގެ ހަސަދަ އެކަމާ ނުގުޅޭ އެތައް ބަޔަކަށް ފިލުވަމުން ދާއިރު މިކަލޭގެ ވަނީ ދާދި މިދާކަށް ދުވަހު މިކަލޭގެ އަޑީގައި ހުރެގެން ކުޑަފޫޅު ހަމީދުލަށް ވާ މީހުން ކައިރިޔަށް ވަނުމުގެ ބޭސިކް ކޯހެއް ހަދާ ފައެވެ.މިކޯހުން ކުޑަފޫޅު ހަމީދު ގުރެޖުވޭޓް ވެފައިވާއިރު އޭނަ ވަނީ ފަތޭގެ އޯޑަރަށް 13 ފަހަރެއްގެ މަތިން އެކި ގޭގެއަށް ވަދެފައެވެ..

Friday, March 19, 2010

ކަނޑިތީމު ސިއްހީމަރުކަޒު ހިންގަނީ މޫސަގެ ބެލުމުގެ ދަށުންތަ ނޫނީ އާމިރުގެ ބެލުމުގެ ދަށުންތަ؟

މީ ސައްކުއުފެދޭ ސުވާލެކެވެ. ކަނޑިތީމު ސިއްހީމަރުކަޒު ގެ ހިންގުން މާ ހަވާލިވެ ހުންނަ އެންމެ އިސްފަރާތާ ދޭތެރޭ ފަހަކަށް އައިސް ގިނަ ބަޔަކުދަނީ ސައްކު އުފެދުމުންނެވެ. ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މޫސާ ހަނީފް ކަނޑިތީމު ސިއްހީމަރުކަޒު ހިންގާ ކަމަށް އޮތް ނަމަވެސް އެތަނަށްއ ދިޔުމުން ފެންނަ މަން ޒަރުން ބޮޑައް ސައްކީ ލިޔެކިޔުންތަކުގައި ތަނުގެ ހިންގުން ހިންގާ އިސްފަރާތަކަށް މޫސަގެ ނަން އޮތީ ޖެހިފައި އޮޅުމަކުން ހެންނެ ވެ.
އިތުރަށް ވިދާޅުވޭ....ސިއްހީމަރުކަޒުގެ ޑުރައިވަރަކަށް އުޅޭ ޑރ ގުންޑާ އާމިރަކީ މޮޅު ޑުރައިވަރެއް ނޫނެ އޭނަ އަކީ މޮޅު ރޯނުއެދުރެކެވެ. އެތަނުގެ ހުރިހާ ކަމަކަށް އަމިއްލަ އަށް ބޭނިގެން އުޅޭ ޑރ ގުންޑާ އާމިރުގެ ވަޒީފާއަކީ ކޮބައިކަން ހުދު އޭނަ އަށް ވެސް ނޭގެއެވެ. މީނާގެ ކަމަކީ ގޭގޭ ފުޅައްމަތިން ފުމުމާއި.. ދޭދޭ މީހުންގެ މެދަށް ވަްނުމާއި .. ކަންކަމުގެ އަޑިބަލަން އުޅުމާ އި ނުވާވަރުގެ ބޮޑުވެގެން އުޅުމެ އހސ.. މިފަދައިންނެވެ

ނިމުނިނީއަކީ ނޫނެ މީނާ މިހާރު ކުޅަ ކަމަކީ އެމަރުކަޒުން ހިދުމެއް ލިބިގަތުނަށް ދާމީހުންނާ ސަރުކާރާ ޖައްސާ ހެދުމެ ޑީއާރުޕީ އަށް މަރުދޭ ޑރ ގުންޑާ އާމިރު ދަނީ ސިއްހީމަރުކަޒައް ވަދެ ހަދާ ހުރިހާ އެންމެންގެ ތެރެއަށް ވަދެ އެތަނުންހިދުމެއް ނުލިބޭވާހަކައާއި އެތުން ކުޑަމިނުން ބެންޑޭޖް ގަނޑެއްގެ އިތުރުން ޕެނެޑޯލް ގުޅައެއްވެސް ސަރުކާރު ބަދަލުވިފަހުން ނުލިބޭކަމަށް ބުނެ ހަދަމުންނެވެ. އެތަނުގައި ނުބެހޭކަށް ކަމެއް ނެތ.އެތަނުގައި ތިބި ސީނިޔާ މީހުންނަށް ވުރެން ޑރ ގުންޑާ އާމިރުގެ ބާރު ގަދައެ މިހެންމިބުނެލީ އެތަނުގެ ސީނިޔާ މުވައްޒަފުން ވެސް ޑރ ގުންޑާ އާމިރު ކައިރި އަހާލައިފަ ބައެއްކަހަލަ ހުއްދަ ދޭކަން ކަށަވަރުވެފަ އޮތުމުންނެވެ. ތީފައްކާ ރޯނު އެދުރެއް

ކަނޑިތީމް ޕޮލިސްޓޭސަން - ޒިންމާ އަދާކުރެވޭތޯ؟ އެތެރެއިން ނާއި ބޭރުން މީދާ ހިފަން ޖެހިފަ

މިއަދު މިވަނީ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ބަދަލުވެ މާހައުލާ ނުގުޅޭ އަޑުތާކާ މަންޒަރުތައް ފެންނަށް ފަށާ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ކަމުގައި ވާ ކުޑަދިންނާ އެކުދިންގެ އާއިލާތަކަށް ބިރުވެރިކަން ކުރިމަތި ވާން ފަށާފައެވެ. ނަމަވެސް އެކިއެކި ނަންނަމުގައި ހެދިފައިހުރި ގާނޫނީ ވަކި ސަހްސު ލިބިފައިވާ މުސްތަގިއްލު ވުޒާރާތައް މިގައުމުގައި ވަކި މަދަކޭ ނުދެންނެވޭނެއެވެ. ރައްޔިތުންނަށް ރައްްކާތެރިކަން ދީ ރައްޔިތުންގެ ގެދޮރާ މުދަލާ ފުރާނަ ސަލާމެއްކޮށްދީ ރައްކާތެރި އަމާން އޮމާން މާހައުލެއް ގާއިމު ކޮށް ދިނުމަށް ފުލުހުން ރައްޔިތުންނާ ނުހަނު ގާތުން ހަރާކާތެރި ވަމުންދާއިރު އެބޭފުޅުންގެ ޒިން މާ މިއަދު އެބޭފުޅުންނަށް އުފޭލޭތޯ މީ އަޅުގަނޑުގެ އިތުރުން ތިޔަބޭފުލުންވެސް ގެ ހިތައްވެސް ނާރާ ނުދާނެ ސުވާލެކެވެ؟އިތުރަށް ވިދާޅުވޭ....އާދެ އެގޮތުން ފުލުހުންގެ ރައްކާތެރިކަން ށ ކަނޑިތީމުގެ ރައްޔިތުްނނަށް ލިބެނީ ކިހާ މިްނވަރަކަށް ބާއޭ މީވެސް ވިސްނާލުން ރަނގަޅު ނުކުތާއެއްކަމަށް ހީކުރަމެވެ. 1300 ހާ އާބާދީއެއް ހިމެނޭ މިކުޑަ ކުޑަ ރަށުގައި ވެސް މިއަދު މިވަނީ ކުއްކުރާ މީހުން އިތުރުވެ މުޖުތަމައުގަ ހިންގަމުްން މިދާ އެންމެހާ ވިޔާނުދާ އަމަލުތައް ކުރާ މީހުން ގިނަ ވެފައެވެ. އަމިއްލަ ރަށުގައި ޕޮލިސްޓޭސަނެއް ހުރެ އެކަމުގެ އެއްވެސް ފައިދާ އެއް ރައްޔިތު މީހާއަށް ނުލިބިފައި އެތަނަކީ ރައްޔިތުން ހިމާތަތަށް އެދޭހާލުގައި އެކަން ނުކޮށްދެވޭ ހާލަތެއްގައިވާ ތަނަކަށް ވެއްޖެ ނަމަ އެއީ ކޮންނަމެއްގަ ކޮްންމަގުސަދެއް ހާސިލް ކުރުމަށް ސަރުކާރުން ރައްޔިތުްންގެ މުދަލުން ކުރާ ބޭކާ އިސްރާފެއްތޯއެވެ.

މިގައުމު ޑިމަކުރަސީގެ ޅަފަތުގެ ދުވަސް ތައް ހޭދަ ކުރަމުން މިދާ ދުވަސް ވަރެއްގަ އަޅުގަނޑުމެންނަށް ސިޔާސި އޮއިވަރުތަކުން ރެކެން ނޭގި އެކަމުގައި ނުހަނު ބޮޑަށް ސާމިލް ވަމުން ދާ މިދުވަސް ކޮޅުގައި މިނިވަން މުސްތަގިއްލު ވަކި ބާޜުތަކުގެ ތެރޭގައި މިއޮއިވަރު އެޅުމަކީ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ސީދާކޮށް ކުރާނެ ކަންނަމަށް ވީހިނދު މިއަދު ކަނޑިތީމު ޕޮލިސްޓޭސަނުންވެސް ފެންނަމުްން މިދަނީ އެމަން ޒަރުތަކެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ނިގުޅާގަނެގެން ވަކިބަޔަކު ބޭނުން ވާގޮތަށް ކަންކަން ނިމިގެން ދާ ތަނެވެ. ތަން ހިންގުމުގައި އަމަލީ ގޮތުން ރަށު ކުދިްނ ބައިވެރިވަމުްން ދާއިރު ރައްޔިތުންނަށް ވަނީ ފައިދާގެ ބަދަލު ގެއްލުމެ ބޭޒާރު ވަނީ ނިކަމެތި މީހާއެވެ. ކަންނިމެނީ ބާރުވެރިޔާ ބޭނުން ވާގޮތަށެވެ.މީ ވިސްނާލުން ރަނގަޅު ކަމެކެވެ.

ސިޔާސީ ކަންކްމުގައި ފުލުންނަށް ބައިވެރި ވެ އުޅުން މަނާ ކަމުގައި ވީނަމަވެސް ފަރުދާގެ ފަހަތުްން ފެންނަ މަންޒަރު އެހާ ޗާލެއް ނޫނެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވަސް ވަރުގައި ޑީއާރުޕީ ގުންޑާއިންގެ ކޮފީމޭޒުތަކުގައި ނަގާކިޔާ ފަހުބަސް އިިއްވާ ކޮންމެ ކަމެގެ ލަފާ ހޯދާ ރަށުތެރޭގައި ހިންގި ބޮޑެތި ހަމަނުޖެހުން ހިންގުމުގެ އަޑި އިނގި ގުންޑާއިްނ އިޖުލާލުގެ ބަސް ހޯދާ މަސްވަރާ ކުރުމަކީ ސަޕޯޓްކުރާ ޕާޓީއަށް ތިމާ ވިކިފަ ހުރިކަން ސާބިތުވާ ކަންކަން ކަމަށް ވީހިނދު ކުއްކުރާ މީހުން ހައްޔަރުކުރުމުގެ ބަދަލުގައި ހިމާޔަށް ދީ ރައްޔިތުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަސް ވައްދާ ސިއްރު ބޭޒާރު ކުރާތަނަކަށް ކަނޑިތީމު ޕޮލިސްޓޭސަން ވެފައިވާއިރު މަސްތުވާތެކެތ ބޭނުން ކުރާ މީހުން އެމީހުންގެ ބާޜުދަައްކައިގެން ރަށުގައި ނަގާ ދުވަމުން ދާއިރު އެމީހުން ފަހަތުން ދުވުމުގެ ބަދަލުގައި މޮއިން ފަހާ ދުވެން ވެއްޖެ ނަމަ ވާނީ ވެސް މިހެންނެވެ

އެތަނުގެ ސިއްރުތަކަކީ އެންމެންނަށް އެނގޭ ބޮޑުސިއްރަކަށް ވެފައި ކަނޑިތީމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތި ބޭނުްންކުރާ ކުޑަފޫލުހަމީދާ ގުންޑާފަތޭ މެންގެ އަންޑަކަވައިގަ އެޖެންޓުކަމު ދަށުްނ ޔާންޑޯ ހުރިހާ ކަމެއް ގައި ފަތްބޯމީހުން ހިމާޔައް ކުރަމުްން ދާއިރު ރޭޕް ކުރުންފަދަ ބޮޑެތި މައްސަލަތަކުގައި ލޮލުން ދެކި އަތުން ހިފީމަވެސް އެމައްސަލަތައް ނުބަލާ އެކަން ކަމުން ރެކެން މަސައްކަތް ކުރަން އުޅުމަކީ ރައްޔިތުްންނަށް ހަނު ހުރެވޭނެ ކަންކަމެއްނޫނެވެ. ޅަދަރިންގެ އިއްފަތް ތެރިކަން ނަގާލާ ނަސްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ރައްޔިތުން އުޅެމުންދާއިރު ކުޑަފޫޅުހަމީދުމެން މޭފުއްޕާލާފައި ހައްޔަރު ކުރާކަށް ނުކެރޭނެ ބުނެ ސަރުކާރު އިމާރާތްތަކުގައި ބައިކަޅިވެފަ ތިބޭ ހާލުގައި ޑިއުޓީކުރަމުްނދާއިރު ޕޮލިހުންނަށް ކުޑަމިންވަރުން ޗުއްޕޭވެސް ބުނެ ލެވިފައިނުވާއިރު ގުންޑާ ފަތޭ ދަނީ މަސްތުވެގެން ހުރެ ހާލުގައި މިސްކިތު މަސަތްކަތު މީހާގެ ގޮތުގައި ހުރެ އެތަނުގެ ހުރުމެތް ކަނޑަމުންނެވެ
ފަހަކަށް އައިސް ރަށުތެރޭގައި ހިނގާފައިވާ އެއްވެސް މައްސަލައެއް ފުލުހުންނަށް ބެލިފައި ނުވާއިރު ދާދިފަހަކުން ވަނީ ޑީއާރުޕީ ގުންޑާއިްނނާ ގުޅިގެން ރަށު ތުންޑިމައްޗައް އެރި ބިސްވެލައެއް ވެސް ފުރުވާފައެވެެ. ރަށުތެރެ ޕެޓް ރޯލް ކުރުމުގެ ބަދަލުގައި ރަށުގެ ކިބަޅި ފަރާތުގައި ޕޮލިހުން މިފަދަ ގަނޑުގަނނަމުންދާއިރު އެތަނުގެ އެތެރޭގެ ހާލަތަކީވެސް މިއީއެވެ. ޑިިއުޓީގަޑީގެ މައްސޫލިއްޔަތުތަށް އެއްފަރާކޮށް އެންމެ ފަހުގެ އިނގިރޭސި އަދި ހިްނދީ ފިލްމްތަކާ ތަފާތު ސީރީޒް ތައް ބަލާ ފަ ގަޑިްނ ގަޑިޔަށް ކާލުމަކުން ތިބޭފުޅުންގެ ޒިންމާއެއް ތިބޭފުޅުން ނަށް އުފުލުނީކަމަށް ހީފުޅު ވަނީ ހެ. ރައްޔިތުން މިތިބީ ނަފްސާނީ ބިރު ވެރިމަެގެ ތެރޭގައެވ...

Monday, March 15, 2010

ޕުރީސުކޫލް ބަޖެޓުގައި ހެދެމުންދާ ބާގަނޑުތައް އިތުރުވަނީ

ކަނޑިތީމު ޑިއާރުޕީ އަންހެނުންގެ ގޮފި (އަންހެނުންގެ ކޮމެޓީ) ގެ ފަރާތުން ކަނޑިތީމުގައި ހިންގަމުންދާ ޕުރީސުކޫލު ދަރިވަރުންގެ އަތުން ނަގަމުްނދިޔަ ފީ ވަނީ ނިމިގެން ދިޔަ ހަފްތާ ތެރޭ ބޮޑުކޮށް ފައެވެ. ކުރިން 60 ރުފިޔާ ނަގަމުންދިޔަ ނަމަވެސް މިހާރު ކުއްޖެއްގެ އަތުން ވަނީ 100 ރުފިޔާ ނަގާ ގޮތަށް ހަމަޖެހިފައެވެ.
އިތުރަށް ވިދާޅުވޭ.... ގާނޫނު އަސާސީގެ 36 ހަވަނަ މާދާ ބުނަނީ ފެށޭތައުލީމާ މެދުމަދަރުސީތައުލީމ ަކީ ސަެރުކާރުން ހިލޭ ރައްޔިތުންނަށް ދޭން ޖެހޭނެ ހިދުމަތެއްކަމުގައެވެ. އެގޮތުން 50 ކުދިްނނަށް ވުރެން ގިނައިން ތިބި ޕުރީސުކޫލުތަކަށް ސަރުކާރުން ދަނީ މުދައްރިސަކަށް 2000 ރުފިޔާ ދެމުންނެވެ. ކަނޑިތީމު ޕުރީސުކޫލުގައި 70 ހާ ކުދިން ކިޔަވަމުންދާއިރު އެސުކޫލަށް ސަރުކާރުން ކޮންމެ މަހަކު 4000 ރުފިޔާ ދަނީ ދެމުންނެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކުގެ އަތުން ދަނީ 60 ރުފިޔާ މީގެ ކުރިން ނަގަމުންނެވެ. ކުއްޖެއްގެ އަތުން 60 ރުފިޔާ ނެގި ނަމަވެސް ގައިގަނޑަކަށް މަހެއްގެ މައްޗައް ސަރުކާރުްނ ދޭރުފިޔާ އާ އެކު 8200 އެއްހާ ރުފިޔާ ޕުރީސުކޫލަށް ލިބޭނެއެވެ ނަވަވެސް މަސް ނިމޭރު ޕުރީސުކޫލް ބަޖެޓުގައި މޮކޮސްވެސް ނޯންން ތާނގައި ދަރަނި ބަޖެޓަކުން ހިންގާކަމަށް ޕުރީސުކޫލުން މަހަކު އެއްފަހަރު ހުށަ ހަޅާ ހަރަދުކުރި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާއިރު މިރިޕޯޓުގައި ދެކޮޅުނުޖެހޭ ޕުރީސުކޫލް ގެ ބަޖެޓުން ނާޖާއިސް ފައިދާ ނަގާކަން ދޭހަވާ އެތައްކަމެއް ފާހަގަ ވާން އޮތްނައިރު މިރިޕޯޓުގައި ކޮންމެ މަހަކު ފަރުްނ ވެލިގެނެސް ސުކޫލް ހޯލުތެރެއަށް ދޮްނވެލިލާވާހަކައާއި މަހަކު އެއްފަހަރު ސުކޫލްގެ ހުރިހާ ހޮޅިބުރި ބޮކި ފަދަ ތަކެތި ބަދަލުކުރާވާހަކަ މިރިޕޯޓުގައި ފާހަގަ ކޮށްފައި ބަޖެޓުް ދެކޮޅު ނުޖެހޭވާހަކަ ދަނީ ފާހަގަ ކުރަމުްންނެވެ.

ޕުރީސުކޫލްގައި ކިޔަވައިދިނުމަށް 3 މުދައްރިސުްން އެޅެމުންދާއިރު މީގެ ތެރެއިން 2 ޓީޗަރުްން ނަކީ ސެޓްފިކޭޓް ލެވެލް ގެ 2 ޓީޗަރުް ނެވެ. ކުރިން ދަރިވަރުްނގެ އަތުން ނަގަމުން އައި ފީ 100 ރުފިޔާ އަށް ބޮޑުކޮށް ފައި މިވަނީ ކުރިން ކޯސްނަހަދާ ކިޔާވާދެމުންދިޔަ ޓީޗަރަކު ވަކިވުމަށްފަހު ކޯސްހަދައިގެން ހުރި ޓީޗަރަކު ކިޔަވާދިނުމާއިގުޅިގެން ހަމަ މުސާރަ ދިނުމުގެ ގޮތުން ނެވެ. އެހެން ނަމަވެސް ޕުރީސުކޫލް ހިންގެ ވުމުގައި ދެކޮޅު ނުޖެހޭ ކަންކަން ދަނީ ފެންމަތި ވަމުންނެވެ. ކަނޑިތީމ ު އަނހެނުން ކޮމެޓީއަކީ ޑިއާރުޕީއަށް މަރުދެމުންދާ ކޮމެޓީއެކެވެ.


ކޭލި ޖަމުއިއްޔާގެ ފަތިފުށް

ކަނޑިތީމު ރައްޔިތުންނަށްވެސް އިނގިލައްވާނެ ފަދައިން ކޭލި ޖަމިއްޔާއަކީ ކަޑީމުގެ ޒުވާނުން ކޮޅެއް ވަރަށް ފޯރިއާއި އެކު ރަށުގެ ތަރައްޤީ އަށާއި ކުރި އެރުވުމަށް އަދި ޒުވާނުންނަށް ހާއްސަ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރެއް މި ޖަމިއްޔާގެ ހުޅުކޮޅު މިދަނީ ނިވެމުންނެވެ. ޔޫ.ވީ ޓީމުން ކުރި ދިރާސާއިން އެނގުނު ގޮތުގައި ރަށުގެ އެކިއެކި ކަންކަމަށް މާ ބޮޑޫ ފައިދާތަކެއް މިޖަމިއްޔާގެ ފަރާތުން ލިބިފައެއްނެތެވެ. ނަމަވެސް މި ޖަމިއްޔާ ހިންގުމަށޭ ކިޔާ މަޤާމުތަކަށް ކުރިމަތިލާފައި ތިބޭބަޔަކަށް އެބަ ކޮންމެ ފަހަރަކުވެސް ފައިދާތަކެއް ލިއްބައިދެއެވެ.އިތުރަށް ވިދާޅުވޭ....އާދެ! މިހާރު އަނެއްކާ މި އިވޭއަޑަކީ ކޭލި ޖަމިއްޔާގެ އިސް މަޤާމުތަކަށް ބޭފުޅުންތަކެއް ހަމަޖެއްސި ކަމެވެ. އަނެއްކާވެސް ބަޔަކު ފޫނެއް ފަޔަށް ފެންފުރަން ފަށަނީއެވެ. މި ފަހަރު މި މީހުން ރަށުގައި އަނެއްކާ ކުރާނީ ކޮންކަމެއްބާވެއޭ ހިތަށް އަރައެވެ! އަނެއްކާ މިފަހަރު އޮތީ ފްލެޓްތަކެއް އެޅުން ނޫންބާވެއެވެ! ނޫނީ ރަށުގެ ހުރިހާ މަގެއް އޭ.ސީ ކޮށް ގާފެތުރުން ނޫންބާއެވެ! މީ ހައްތަހާވެސް މި މަޤާމުތަކަށް އަންނަ މީހުންގެ ފޮނި އުއްމީދުތަކެވެ. ނަމަވެސް ދައުރެއް ނިމޭއިރު ކޮންމެ ބޭފުޅަކަށްވެސް ހަމަ ވާވަރަކީ ފުޓް ބޯޅަ މުބާރާތެއް ބާއްވާލާ ޤްރުއާން މުބާރާތެއް ބާއްވާލާ ދަނޑުވެރިކަން ކުރުމަށް ގަސް އިންދާނެ ގޮތް ދަސްކޮށްލަދިނުމެވެ.

މުރުތަބު ޚަބަރުތަށް ބުނާގޮތުން ޖަމިއްޔާގެ ރައީސަކަށް މިފަހަރު ހޮވާފައިވަނީ އިރުމަތީގޭ އިސްމާއީލް އަފްރާހް އެވެ. އަދި ނައިބު ރައީސް އަކީ ސަމަދުބޭގެ ދަރި އިބްރާހިމް ޝަރީފް އެވެ. ހަޒާންދާރަކީ ޑޭޒީވިލާގޭ އިސްމާއިލް ރާޝިދުއެވެ.

މިފަހަރު މިބޭފުޅުންތަށް ރުފިޔާތަކަށް ހަދާނީ ކިހިނެތް ބާވެއެވެ! މިހާރުވެސް ކޭލި ޖަމިއްޔާގެ ރުފިޔާތަށް ކާނުލާކަމެއް ނޭންގެއެވެ. ކުރީގެ ރައީސް އަލީ ރިފާޒަށް ނުކުރެވުނު ކަމެއް އިސްމާއީލް އަފްރާހް އަށް ކުރެވިދާނެބާވެއެވެ! އަޑީގެ ޚަަބަރުތަށް ބޫނާގޮތުން މި މީހުންގެ ބަނޑުގައި ވަރަށް ބޮޑެތި ރޭވުންތަކެއް އެބަވެއެވެ. ބޭނުމަކީ ނަމުން ޖަމިއްޔާ ހަދައިގެން ކަމުން މި ބައިގަޑުތައް ފައިދާ ހޯދުމެވެ.

މިހާރުވެސް ކަނޑިތީމު އޮންލައިން ނަމުގައި ސައިޓް އެއް ހަދާ އޭ ސައިޓް ރަނގަޅަށް ނިހިންގޭ މީހަކަށް ބޮޑު ޖަމިއްޔާއެއް ހިންގާނީ ހަމަ ކިނަކުން ބާވެއެވެ ހިތަށްއަރައެވެ! ތަނެއް އޮތިއްޔާ އަދިވެސް ބިލްގޭޓްސް ހެދިގެން ބޯކޮށްޕާތި އިނގޭ އިއްސޭ ވެއެވެ! ކޮމްޕއިޓަރު ކުޅޭމީހުން ކުޅޭނީ ކޮންޕިއުޓަރ! ދެން ޖަމިއްޔާ ހިންގުމުގެ އިސްސަފުގައި މި ތިބީ ކިރުބޯ ޅަދަރިންނެވެ. ނުވާރުގެ ކަންތަތައް ކުރަން އުޅެތީ ހަމަ ޔޫ.ވީ ޓީމު ހައިރާނުން އަންތަރީސްވެ ކުޅު ހިކެއެވެ.! ކަންކަންވެސް ކުރެވޭނީ އެވަރު ފެންވަރު ހުރެގެންކަން މި މީހުންވާ ހަދާން ނެތުނީބާއެވެ.

މީގެ ފަހަތުގައި އެއް އެންމެ ބޮޑު ސިއްރަކީ ޖަމިއްޔާއަށް މި ލިބޭ ރުފިޔާކޮޅަށް ހޭ އަރުވާލުމެއެވެ. އަދި މިވީހާތަނަކަށް މި ޖަމިއްޔާގެ އެއްވެސް ޚަބަރެއް ނެތެވެ. ރައީސްކަމަށް ކުރިމަތިލައިގެން ގޭގައި ނިދަން އޮތީމާ ދެން ޖަމިއްޔާ އޮންނާނީ ހިންގިފައެވެ. ކޮންމެ ތަނަކަށް ދަނޑި ބާނަންވޭވިއްޔާއެވެ.

Sunday, February 28, 2010

ގުރުވަތަކަށް ނުގޮސް އެންމެ ފަހުން ސިޔާސީ ދަނޑިބޭނުމަކަށް ވެ ކަކައިރަދޫ ހަސަން ވަހީދަށް

މިއަހަރުގެ ޖެނުއަރީ 28 ވަނަ ދުވަހަށް ކަކައިރަދޫ ވަރުވާއަށް ދޫކޮށްފައިވާ މުއްދަތު ހަމަވާތީ ވަރުވާއަށް މަހަކު 950 ރުފިޔާ އަށް ކުއްޔަށް ދޭން ނިއްމާ އެކަމަށް ސައުގު ވެރިވާ ފަރާތަކަށް ހުޅުވާލި ފުރުސަތުގައި 41 ސިޓީ ކަނޑިތީމު އޮފީހަށް ލާފައިވާއިރު . އެންމެ ފަހުވަގުތު ކަން ނިމި ދިޔައީ ކަން ހީކުރިގޮތާ ހިލާފަށް ސިޔާސީ ދަނޑިބޭނުމަކަށް ވެގެން ނެވެ.
ކަނޑިތީމުގެ ގިނަ ރައްޔިތުން ގެ ލޮލުގައި ފިސާރި ރީތިކޮން އަނދުްނ އެޅުވުމަށް ފަހު ގުރުވަތު ލުން ކެންސަލް ކޮށް ސިޓީލީމީހުންގެ ތެރެއިން ސީހަޓް ހަސަން ވަހީދުއަށް މިރަށް ދީފައިވަނީ އަތޮޅު ކައުންސިލަރަށް ލިބިދޭ ހާސަ ބާރެއްގެ ދަށުން ކަމަށް ޔޫވީ ޓީމަށް ވަނީ ވަރަށް މުއްތަބަރު ފަރާތަކުން ހަބަރު ލިބިފައެވެ.
އިތުރަށް ވިދާޅުވޭ....ސަރުކާރުން ވަކި ގޮތެއް ކަނޑަނާޅާ ކަކައިރަދޫ ވަގުތީ ގޮތުން މީހަކާ ހަވާލު ކުރާގޮތަށް ހމަޖެހިފައިވާއިރު އެރަށް ހަސަން ވަހީދުއަށް ލިބުން މީ ގިނަބަޔަކުގެ ހިތުގައި އުފެދިގެން ދިޔަ ސުވާލެކެވެ؟ ވެރިކަން ކުރާ އެމްޑީޕީ އަށް މަރުދޭ ދެއުޅިއެއް ނުވާ ހުސްއަނގަ ވަހީދަށް މިރަށް ލިބިފައިވަނީ ސިޓީ ލީމީހުންގެ ތެރެއިން އެން މެ ރަނގަޅު ހުށަހެޅުމެއް ހުށަހެޅި މީހާއަށް ވާއިރު ހުސްއަނގަ ވަހީދު ސިޓިލާފައިވަނީ އޭނަގެ އަނބިކަބަލުން ހައްވާ ހަލީލާ ގެ ނަންމަތީގައެވެ. ކަކައިރަދޫ ލިބިއްޖެއްޔާ ކަކައިރަދޫގައި ކުޑަވަރެއްގެ ބަނދަރަކާ މަސްވެރިން ނަށް ފަސޭހަ ވާނެ ފަދަ ގޮތަކަށް ދުރަށް އަލިފެންނާނެ ބަތްތިއަކާ ފަރުބޭރުގައި ވެސް ބައްތިޔެއްޖަހާ އެތައް ފޮނިބައިސާ ކަނޑައިފައި ވާސިޓީ އެއް ހުސްއަނގަ ވަހީދު އަޑިއަޑިން ހަންނާނު އާވާހަކަ ދެއްކުމަށް ފަހު ލާފައި މިފަހަރު މިވަނީ އޭނަގެ އެރަސްމީ ގުއިރޯނުގައި ކަނޑިތީމު ރައްޔިތުން ޖައްސާ ކަކައިރަދޫ ދަމައިގަނެފައެވެ.ކޮންމެ ކަމެއް މިހެން ވާން ވެއްޖެ ނަމަ ދެންވާނެ ގޮތަކާމެދު ވިސްނީ ކިތައްމީހުންތޯއޭ އަޅޫގަނޑުގެ ހިތައް އަރާ ..އަތްފޯރާފަށް ކަކައިރަދޫއަރާފަ އެއޮތީ

Wednesday, February 24, 2010

މުއްދަތު ފަހަނަ އަޅާދިޔައިރު މަގާމްތަކަށް ކުރިމަތިލާނެ މީހުން ނެތިގެން ކޭލިޖަމުއިއްޔާގެ ހިންގާ ކޮމެޓީ އިންތިހާބު ނުކުރެވިފައި

ކޮރަޕްސަނުގެ އެތަކެއް މައްސަލަ ތަކެއްފެންމަތިވެ ކަނޑި ޖަމުއިއްޔާ އުވިދިއުމަށް ފަހު 2004ވަނަ އަހަރު ސެޕްޓެމްބާ 29 ވަނަ ދުވަހު ވުޖޫދައް އައި ކޭލި (ކަނޑިތީމު އެސޯސިއޭސަން ފޯރ ޔޫތު ލިންކޭޖު އެންޑް އިންވޯލްމެންޓް) ޖަމުއިއްޔާ 6 ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް 2010 ޖެނުއަރީ 20 ވަނަ ދުވަހު އެޖަމުއިއްޔާއިން ނެރުން އިއުލާން ގައިވާ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތެއް ކުރިމަތިލާ ފައި ނުވުމުގެ ސަބަބުން ވަނީ ދެވަނަ ފަހަރަށް ވެސް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިތުރަށް ވިދާޅުވޭ....

ޖަމުއިއްޔާގެ އަސާސީ ގަވާއިދުގައި ކޮންމެ މީލާދީ އަހަރެއްގެ ފެބުރުއަރީ 15 ގެ ކުރިން އިންތިހާބު ބާވަން ޖެހޭނެ ކަމަށް ހާމަކޮށްފައިވީނަމަވެސް މިހާތަނަށް އެއްވެސް މަގާމަކަށް ކުރިމަތިލާނެ މީހަކު ނުވެގެން ޖަމުއިއްޔާ އިންތިހާބު ނުވެ ދިގުލާގެން ދިއުމަކީ ކޭލި ޖަމުއިއްޔާގެ ކުރިމަގާ މެދު ގިނަ ބައެއްގެ ސުވާލު އަމާޒުވެގެން ދާނެ ކަމެކެވެ. 100 އަށް ވުރެއން ގިނަ މެންބަރުން ހިމެނޭ ކޭލި ޖަމުއިޔާ ގެ ހިންގާ ކޮމެޓީގެ 8 މަގާމަކަށް 11 މެންބަރުން ނަގަން ހަމަޖެހިފަވާއިރު ރައިސް، ނައިބު ރައިސް، އެޑްމިނިސްޓުރޭޓާ، އެސިސްޓެންޓް އެޑުމިނިސްޓުރޭޓާ، ހަޒާން ދާރު،ޖެނެރަލްސެކްޓަރީ ސުޕޯޓްސް އެންޑް ރެކުރިއޭސަން،އެސިސްޓެންޓް ޖެނެރަލްސެކްޓަރީ ސުޕޯޓްސް އެންޑް ރެކުރިއޭސަން ގެ އިތުރުން 4 މެންބަރުންނެވެ.

ކަނޑިތީމުގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން އުފެއްދި ކޭލި ޖަމުއިއްޔާ އަކީ މިހާތަނަށް ކަނޑިތީމުގެ ވުޖޫދައް އައި އެންމެ ހަރަކާތް ތެރެރި ޖަމުއިއްޔާ ކަމަށް ގިނަ ބަޔަކު އެއްބަސް ވާއިރު ވޭތުވެ ދިޔަ 5 އަހަރު މިޖަމުއިއްޔާއިން ވަނީ އިޖްތިމާއިއީ ގިނަ ހަރަކާތަކެއްގެ އިތުރުން ދީނީ ގޮތުންވެސް ގިނަ ހަރަކާތްކެއް ހިންގާފައެވެ