ކޮރަޕްސަނުގެ އެތަކެއް މައްސަލަ ތަކެއްފެންމަތިވެ ކަނޑި ޖަމުއިއްޔާ އުވިދިއުމަށް ފަހު 2004ވަނަ އަހަރު ސެޕްޓެމްބާ 29 ވަނަ ދުވަހު ވުޖޫދައް އައި ކޭލި (ކަނޑިތީމު އެސޯސިއޭސަން ފޯރ ޔޫތު ލިންކޭޖު އެންޑް އިންވޯލްމެންޓް) ޖަމުއިއްޔާ 6 ވަނަ ދައުރަކަށް އިންތިހާބު ކުރުމަށް 2010 ޖެނުއަރީ 20 ވަނަ ދުވަހު އެޖަމުއިއްޔާއިން ނެރުން އިއުލާން ގައިވާ މަގާމްތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ފަރާތެއް ކުރިމަތިލާ ފައި ނުވުމުގެ ސަބަބުން ވަނީ ދެވަނަ ފަހަރަށް ވެސް މަގާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ.
އިތުރަށް ވިދާޅުވޭ....
ޖަމުއިއްޔާގެ އަސާސީ ގަވާއިދުގައި ކޮންމެ މީލާދީ އަހަރެއްގެ ފެބުރުއަރީ 15 ގެ ކުރިން އިންތިހާބު ބާވަން ޖެހޭނެ ކަމަށް ހާމަކޮށްފައިވީނަމަވެސް މިހާތަނަށް އެއްވެސް މަގާމަކަށް ކުރިމަތިލާނެ މީހަކު ނުވެގެން ޖަމުއިއްޔާ އިންތިހާބު ނުވެ ދިގުލާގެން ދިއުމަކީ ކޭލި ޖަމުއިއްޔާގެ ކުރިމަގާ މެދު ގިނަ ބައެއްގެ ސުވާލު އަމާޒުވެގެން ދާނެ ކަމެކެވެ. 100 އަށް ވުރެއން ގިނަ މެންބަރުން ހިމެނޭ ކޭލި ޖަމުއިޔާ ގެ ހިންގާ ކޮމެޓީގެ 8 މަގާމަކަށް 11 މެންބަރުން ނަގަން ހަމަޖެހިފަވާއިރު ރައިސް، ނައިބު ރައިސް، އެޑްމިނިސްޓުރޭޓާ، އެސިސްޓެންޓް އެޑުމިނިސްޓުރޭޓާ، ހަޒާން ދާރު،ޖެނެރަލްސެކްޓަރީ ސުޕޯޓްސް އެންޑް ރެކުރިއޭސަން،އެސިސްޓެންޓް ޖެނެރަލްސެކްޓަރީ ސުޕޯޓްސް އެންޑް ރެކުރިއޭސަން ގެ އިތުރުން 4 މެންބަރުންނެވެ.
ކަނޑިތީމުގެ ޒުވާން ކުދިންކޮޅެއް އިސްނަގައިގެން އުފެއްދި ކޭލި ޖަމުއިއްޔާ އަކީ މިހާތަނަށް ކަނޑިތީމުގެ ވުޖޫދައް އައި އެންމެ ހަރަކާތް ތެރެރި ޖަމުއިއްޔާ ކަމަށް ގިނަ ބަޔަކު އެއްބަސް ވާއިރު ވޭތުވެ ދިޔަ 5 އަހަރު މިޖަމުއިއްޔާއިން ވަނީ އިޖްތިމާއިއީ ގިނަ ހަރަކާތަކެއްގެ އިތުރުން ދީނީ ގޮތުންވެސް ގިނަ ހަރަކާތްކެއް ހިންގާފައެވެ
- ގުޅުއްވުންކޮބާ ކިހިނެއް
- ސިޔާސީއަވަސް
- ޚަބަރުމައިގަނޑު
- ފުރަތަމަ ސަފުހާވަނުން
- Subscribe to RSSkeep updated!

Subscribe to:
Post Comments (Atom)
keyli jamihyaagaves mithibenee hama hus angathakekey
ReplyDelete