Monday, February 22, 2010

މުދައްރިސުންގެ ގެ އަގު ވަޒަން ނުކޮށް ތިމާގެ އާއިލީ ބާރުގެ ދަށަށް މަދަރުސާ-ދެވަނަ ބައި

ފިރިކުނު ދައުރު ކަޑަތުކޮށް ޒަވާން ކަމުގެ އިހްސާތަކާއެކު 24 އަހަރު ފުރި ރިހި ޔޫބިލްއަކަށް ށ އަތޮޅުމަދަރުސާ 2011 ވަނަ އަހަރުގެ ޖެނުވަރީ 23 ވަނަ ދުވަހައް އިރު އަރަން ދާއިރު އެދުވަހަށް ވެވޭ މާބޮޑު ތައްޔާރީތަކެއް ނުފެނެއެވެ. ފޮތްފޮތްޓެއް ކިޔާޅުން ނޫނީ އިތުރު ކަމެއް ނުފެނުނު ނަމަވެސް ފަރުދާގެ ނިވަލުން ދަނީ ރިހިޔޫބިލް އަކަށް ކުރިމަތިލާއިރު ކަޑަތު ކުރަން ބޭނުން ވާ އަމިއްލަ ލަނޑުދަނޑިތަކެއް ހާސިލް ކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އާއިލީ ތަރިކައެއް ކަމުގައި ހަދާ އެއްބަނޑު ތިމާގެ މީހުން ގެ ކުންފުންނަކަށް މަދަރުސާ ހަދަމުންނެވެ.

އިތުރަށް ވިދާޅުވޭ....

ކަނޑިތީމުގެ ތައުލީމީ ނައުގެ ހުންގާނުގައި ހިފާ އޮމާން ބަނދަރަކަށް އެނައުމި ސްރާބު ޖެހުމުގެ ބަދަލުގައި އެނައުގެ މިސްރާބު މިއަދު މިވަނީ މިސްރާބެއް ނެތި ދަތުރު ކުރަމުންދާ ދަތުރުވެރިން ތަކަކަށް ބަދަލުވެ ކުރިންވެސް ނަންގަނެވުނު ފަދައިން މުޅި އޮޑީގައި ހަސަނުގެ ދެފައޭ މުސްކުޅި ހަރުބަހުގައި ބުނާ ފަދައިން ވާން ފަށާފައެވެ. ސުޕަވައިޒަރުންގެ ގޮތުގައި އެކަމުގެ ކުފޫ ހަމަނުވާ ހަމަބުއްދި ފިލާ އާމުކޮން ލޭގެ ޕުރެސާ 180 ގައި ހުން ނަ އަސްރަފައް އެމަގާމުދީ އެތައް ކުދިންނަކަށް ނަފްސާނީ އެތަށް ބިރުވެރި ކަމެއް ތަހައްމަލް ކުރަން ޖެހި ބެލެނެވެރިންގެ ސަކުވާއިން ފުރިފާވާ ދުވަހަކަށް ކޮންމެ ދުވަހެއްވެފައި ވާއިރު އެކުގައި އުޅުނު ގާތް ރަހުމެއްތެރި ފައިސަލް އަށް ސުޕަވައިޒަރުކްންދީ ސުކޫލްގެ ހުރިހާކަމެއް ހިންގަމުން ދާއިރު އެމަގާމަށް ކުފޫހަމަވާ ގާބިލިއްޔަތު މީހުންތިބެ އެޑިއުކޭސަނުން ފޮނުވައިފައިވާ ސުޕަވައިޒަރުގެ މަގާމް ކަބަޑާށްލާ ފޮރުވައިގެމް އެމަގާމު އިބުރާޙިމް ހަފީޒައް ދޭން ހުސެން ފަޔާޒް އިންތިޒާރުގެ ވަގުތުތައް ގުނަމުންދާއިރު މީގެ 2 އަހަރު ދުވަހު ކުރިން ކުރެވުނު އިއުލާނަކަށް މާބޮޑު އެނގުމަކާ ނުލާ ހުސެންފަޔާޒްގެ ކޮށްކޮ އަބްދޯ އަފީފް ވަނީ ޕުރިންޓާރ ނަމުގައި މަގާމެއް އުފައްދާ މިފެށުނު ފެބުރުއަރީމަހު ވަޒީފާދީފައެވެ.

އަމިއްލަ ވަޒަނުން ވަޒިފާގެ ފުރުސަތުތައް ނުލިބިފައި އެތައްކުދިންނެއް ތިއްބާ އިއުލާން ކުރުމަކާ ނުލާ އާއިލާ ކޮޅަށް ވަޒީފާތައް ދީ ހަދަމުންދާއިރު ދާއިރު އަދިވެސް ބެލެނެވެރިން ހަމަ ބަލަހައްޓާއިގެން ތިބީތޯއެވެ.އަމިއްލަ ވަޒަނުގައި މައިންބަފައިނަނާ އާއިލާ ގެ މެންބަރުންގެ ގާތުގައި ދިރިއުޅެމުންދާއިރު މަދަރުސާ ހިންގެވުމުގެ ތެރެއިން ކަރަޕްސަނަށް މަގުފަހިވާ އެތައް ކަމެއް ކުރުމަށް ދަނީ ބާރު އަޅަމުންނެވެ. އަޅުގަނޑުމެން ރައްޔިތޔުންގެ ފައިސާ ނުހައްގުން ހަރަދުކޮށް ގެޔެއް ސަރުކާރު ހަރަދުގައި ކުއްޔަށްހިފާދީ މުސާރައަށް އެލިބޭ 15000 ރުފިޔާގެ ބޭރުން ލިވިން އެލެވެންސްގެ ނަމުގައި ނެގި ނަމަވެސް މިއަދުގެ ސަރުކާރުން ކޮރަޕްސަން ހުއްޓުވުމަށާއި ހަރަދުކުޑަ ސަރުކާރެއް ހިންގެވުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިން އަމަލުކުރަމުން އައި ގަވައިދު ބަދަލުކޮށް އެހަރަދު ކުރުން ހުއްޓުވާލުން ވެގެން ދިޔައީ ސިޔާސީގޮތުން ހުސެން ފަޔާޒު ތަސައްރަފް ނުފުދޭކަން ހާމާވެ ސަރުކާރާ ދެކޮޅުގެ ހިޔާލު ފުރަތަމަފަހަރަށް ހިތުގެ އަށަގަނެގެން ދިޔަ ކަމަކަށެވެ.

ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް މަދަރުސާގެ ހިންގުން ވަދެގެން ދިއުމުގެ ނަތިއްޖާއަކީ މެނޭޖް މެންޓާ ޓީޗަރުން ޖެހި ކަނޑިތީމުގެ ތައުލީމީ ނިޒާމްގެ ގިއުނގަނޑު ތެރޭގައި ސިޔާސީ ކަތުރުފަނި އަޅައިގެން ދިޔުމެވެ. ހިޔާލު ތަފާތުވުން ތައް އުފެދި ވަކިވަކި ޓީޗަރުންނާ ދޭތެރޭ ޒާތީ ތައައްސަބެއް ބާވަމުން ދިއުމުގެ ނަތިއްޖާ އަކަށްވީ މުދައްރިސުންގެ އަގުވަޒަން ކޮށް އޯލެވެލް އިމްތިހާނުގައި އެކިއެކި މާއްދާތަކުން ރަނގަޅު ނަތިއްޖާތައް ހޯދާދެމުންއައި މުދައްރިސުންގެ އަގުވަޒަން ކުރުމުގެރ ގޮތުން އެޑިއުކޭސަން މިނިސްޓުރީން މަދައްރިސުން ނަށް ފޮނުވި ހަނދާނީ ފިލާތައް ޑަސްޕިނަށް އަޅާލާ އެމުދައްރިސުންނަށް ނުދީ އިނާމުދިނުމުގެ ހަފްލާ ނިއްމާލުމެވެ.

އެމުދައްރިސުންގެ ހިއްތައް ރޮށްވާލާ ތައުލީމީ ނިޒާމްގެ ތެރެއަށް ސިޔާސީ ހަލަބޮލިކަން ވެއްދުމުގެ ނަތިއްޖާއަކަށްވީ 2008 ވަނަ އަހަރު ގުރޭޑް 11 އަށް 66.7 އިނސައްތަ ކުދިން ފާސްވެފައިވާއިރު ސަރުކާރުގެ އަގުވައްޓާލާ ބެލެނިވެރިންނާ ސަރުކާރު ޖެއްސުމުގެ ގޮތުން ތަފާތު އެކި ހުއްޖަތު ތައް ދެއްކުމަށްފަހު 2007 ވަނަ އަހަރުން ފެށިގެން ކިޔަވާއިދެމުން އައި އޭލެވެލްގެ ދެވަނަ އަހަރު ގުރޭޑް 11އަށް 2008 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން 66.7 އިންސައްތަ ކުދިން ފާސްވެ 11 އަށް ކުދިން ހަމަނުވާކަމަށް ބުނުމަކީ ށ އަތޮޅުމަދަރުސާގެ ހިންގުމާ ދޭތެރޭ ބެލެނިވެރިން ސުވާލުއުފެދި ގެންދިޔަ ކަމެކެވެ. އެކަމުގެ ނަތިއްޖާއަކަށް ވެގެން ދާނީ 2010 ވަނަ އަހަރު ށ އަތޮޅުމަދަރުސާއިން އޭލެވެލް އަށް ކިއުމުގެ ފުރުސަތު ގެއްލި އެފުރުސަތު ބޭނުން ވާ ކުދިން އަމިއްލަ ވަޒަނުން ބޭރަށް ގެން ދިއުމަށް ބެލެނިވެރިންނަށް މަޖްބޫރު ވެގެން ދިއުމެވެ. ގޮތްދޫނުކުރުމާ އަގުވަޒަން ނުކުރުމުގެ ނަތިއްޖާ މިދަނީ ފެންނަމުންނެވެ.ބެލެނިވެރިންގެ މުސްތަގިއްލު ބޯޑު ކޮބާތޯއެވެ..؟ ނުނިމޭ

No comments:

Post a Comment