Friday, March 19, 2010

ކަނޑިތީމް ޕޮލިސްޓޭސަން - ޒިންމާ އަދާކުރެވޭތޯ؟ އެތެރެއިން ނާއި ބޭރުން މީދާ ހިފަން ޖެހިފަ

މިއަދު މިވަނީ އަޅުގަނޑުމެންނަށް ފެންނަ މަންޒަރު ބަދަލުވެ މާހައުލާ ނުގުޅޭ އަޑުތާކާ މަންޒަރުތައް ފެންނަށް ފަށާ އަޅުގަނޑުމެންގެ ލޮލުގެ ފިނިކަން ކަމުގައި ވާ ކުޑަދިންނާ އެކުދިންގެ އާއިލާތަކަށް ބިރުވެރިކަން ކުރިމަތި ވާން ފަށާފައެވެ. ނަމަވެސް އެކިއެކި ނަންނަމުގައި ހެދިފައިހުރި ގާނޫނީ ވަކި ސަހްސު ލިބިފައިވާ މުސްތަގިއްލު ވުޒާރާތައް މިގައުމުގައި ވަކި މަދަކޭ ނުދެންނެވޭނެއެވެ. ރައްޔިތުންނަށް ރައްްކާތެރިކަން ދީ ރައްޔިތުންގެ ގެދޮރާ މުދަލާ ފުރާނަ ސަލާމެއްކޮށްދީ ރައްކާތެރި އަމާން އޮމާން މާހައުލެއް ގާއިމު ކޮށް ދިނުމަށް ފުލުހުން ރައްޔިތުންނާ ނުހަނު ގާތުން ހަރާކާތެރި ވަމުންދާއިރު އެބޭފުޅުންގެ ޒިން މާ މިއަދު އެބޭފުޅުންނަށް އުފޭލޭތޯ މީ އަޅުގަނޑުގެ އިތުރުން ތިޔަބޭފުލުންވެސް ގެ ހިތައްވެސް ނާރާ ނުދާނެ ސުވާލެކެވެ؟އިތުރަށް ވިދާޅުވޭ....އާދެ އެގޮތުން ފުލުހުންގެ ރައްކާތެރިކަން ށ ކަނޑިތީމުގެ ރައްޔިތުްނނަށް ލިބެނީ ކިހާ މިްނވަރަކަށް ބާއޭ މީވެސް ވިސްނާލުން ރަނގަޅު ނުކުތާއެއްކަމަށް ހީކުރަމެވެ. 1300 ހާ އާބާދީއެއް ހިމެނޭ މިކުޑަ ކުޑަ ރަށުގައި ވެސް މިއަދު މިވަނީ ކުއްކުރާ މީހުން އިތުރުވެ މުޖުތަމައުގަ ހިންގަމުްން މިދާ އެންމެހާ ވިޔާނުދާ އަމަލުތައް ކުރާ މީހުން ގިނަ ވެފައެވެ. އަމިއްލަ ރަށުގައި ޕޮލިސްޓޭސަނެއް ހުރެ އެކަމުގެ އެއްވެސް ފައިދާ އެއް ރައްޔިތު މީހާއަށް ނުލިބިފައި އެތަނަކީ ރައްޔިތުން ހިމާތަތަށް އެދޭހާލުގައި އެކަން ނުކޮށްދެވޭ ހާލަތެއްގައިވާ ތަނަކަށް ވެއްޖެ ނަމަ އެއީ ކޮންނަމެއްގަ ކޮްންމަގުސަދެއް ހާސިލް ކުރުމަށް ސަރުކާރުން ރައްޔިތުްންގެ މުދަލުން ކުރާ ބޭކާ އިސްރާފެއްތޯއެވެ.

މިގައުމު ޑިމަކުރަސީގެ ޅަފަތުގެ ދުވަސް ތައް ހޭދަ ކުރަމުން މިދާ ދުވަސް ވަރެއްގަ އަޅުގަނޑުމެންނަށް ސިޔާސި އޮއިވަރުތަކުން ރެކެން ނޭގި އެކަމުގައި ނުހަނު ބޮޑަށް ސާމިލް ވަމުން ދާ މިދުވަސް ކޮޅުގައި މިނިވަން މުސްތަގިއްލު ވަކި ބާޜުތަކުގެ ތެރޭގައި މިއޮއިވަރު އެޅުމަކީ އެކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށް ސީދާކޮށް ކުރާނެ ކަންނަމަށް ވީހިނދު މިއަދު ކަނޑިތީމު ޕޮލިސްޓޭސަނުންވެސް ފެންނަމުްން މިދަނީ އެމަން ޒަރުތަކެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ނިގުޅާގަނެގެން ވަކިބަޔަކު ބޭނުން ވާގޮތަށް ކަންކަން ނިމިގެން ދާ ތަނެވެ. ތަން ހިންގުމުގައި އަމަލީ ގޮތުން ރަށު ކުދިްނ ބައިވެރިވަމުްން ދާއިރު ރައްޔިތުންނަށް ވަނީ ފައިދާގެ ބަދަލު ގެއްލުމެ ބޭޒާރު ވަނީ ނިކަމެތި މީހާއެވެ. ކަންނިމެނީ ބާރުވެރިޔާ ބޭނުން ވާގޮތަށެވެ.މީ ވިސްނާލުން ރަނގަޅު ކަމެކެވެ.

ސިޔާސީ ކަންކްމުގައި ފުލުންނަށް ބައިވެރި ވެ އުޅުން މަނާ ކަމުގައި ވީނަމަވެސް ފަރުދާގެ ފަހަތުްން ފެންނަ މަންޒަރު އެހާ ޗާލެއް ނޫނެވެ. ނިމިގެން ދިޔަ ރިޔާސީ އިންތިހާބާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދުވަސް ވަރުގައި ޑީއާރުޕީ ގުންޑާއިންގެ ކޮފީމޭޒުތަކުގައި ނަގާކިޔާ ފަހުބަސް އިިއްވާ ކޮންމެ ކަމެގެ ލަފާ ހޯދާ ރަށުތެރޭގައި ހިންގި ބޮޑެތި ހަމަނުޖެހުން ހިންގުމުގެ އަޑި އިނގި ގުންޑާއިްނ އިޖުލާލުގެ ބަސް ހޯދާ މަސްވަރާ ކުރުމަކީ ސަޕޯޓްކުރާ ޕާޓީއަށް ތިމާ ވިކިފަ ހުރިކަން ސާބިތުވާ ކަންކަން ކަމަށް ވީހިނދު ކުއްކުރާ މީހުން ހައްޔަރުކުރުމުގެ ބަދަލުގައި ހިމާޔަށް ދީ ރައްޔިތުން ނަފްސާނީ ބިރުވެރިކަމެއްގެ ތެރެއަސް ވައްދާ ސިއްރު ބޭޒާރު ކުރާތަނަކަށް ކަނޑިތީމު ޕޮލިސްޓޭސަން ވެފައިވާއިރު މަސްތުވާތެކެތ ބޭނުން ކުރާ މީހުން އެމީހުންގެ ބާޜުދަައްކައިގެން ރަށުގައި ނަގާ ދުވަމުން ދާއިރު އެމީހުން ފަހަތުން ދުވުމުގެ ބަދަލުގައި މޮއިން ފަހާ ދުވެން ވެއްޖެ ނަމަ ވާނީ ވެސް މިހެންނެވެ

އެތަނުގެ ސިއްރުތަކަކީ އެންމެންނަށް އެނގޭ ބޮޑުސިއްރަކަށް ވެފައި ކަނޑިތީމުގައި ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތި ބޭނުްންކުރާ ކުޑަފޫލުހަމީދާ ގުންޑާފަތޭ މެންގެ އަންޑަކަވައިގަ އެޖެންޓުކަމު ދަށުްނ ޔާންޑޯ ހުރިހާ ކަމެއް ގައި ފަތްބޯމީހުން ހިމާޔައް ކުރަމުްން ދާއިރު ރޭޕް ކުރުންފަދަ ބޮޑެތި މައްސަލަތަކުގައި ލޮލުން ދެކި އަތުން ހިފީމަވެސް އެމައްސަލަތައް ނުބަލާ އެކަން ކަމުން ރެކެން މަސައްކަތް ކުރަން އުޅުމަކީ ރައްޔިތުްންނަށް ހަނު ހުރެވޭނެ ކަންކަމެއްނޫނެވެ. ޅަދަރިންގެ އިއްފަތް ތެރިކަން ނަގާލާ ނަސްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި ރައްޔިތުން އުޅެމުންދާއިރު ކުޑަފޫޅުހަމީދުމެން މޭފުއްޕާލާފައި ހައްޔަރު ކުރާކަށް ނުކެރޭނެ ބުނެ ސަރުކާރު އިމާރާތްތަކުގައި ބައިކަޅިވެފަ ތިބޭ ހާލުގައި ޑިއުޓީކުރަމުްނދާއިރު ޕޮލިހުންނަށް ކުޑަމިންވަރުން ޗުއްޕޭވެސް ބުނެ ލެވިފައިނުވާއިރު ގުންޑާ ފަތޭ ދަނީ މަސްތުވެގެން ހުރެ ހާލުގައި މިސްކިތު މަސަތްކަތު މީހާގެ ގޮތުގައި ހުރެ އެތަނުގެ ހުރުމެތް ކަނޑަމުންނެވެ
ފަހަކަށް އައިސް ރަށުތެރޭގައި ހިނގާފައިވާ އެއްވެސް މައްސަލައެއް ފުލުހުންނަށް ބެލިފައި ނުވާއިރު ދާދިފަހަކުން ވަނީ ޑީއާރުޕީ ގުންޑާއިްނނާ ގުޅިގެން ރަށު ތުންޑިމައްޗައް އެރި ބިސްވެލައެއް ވެސް ފުރުވާފައެވެެ. ރަށުތެރެ ޕެޓް ރޯލް ކުރުމުގެ ބަދަލުގައި ރަށުގެ ކިބަޅި ފަރާތުގައި ޕޮލިހުން މިފަދަ ގަނޑުގަނނަމުންދާއިރު އެތަނުގެ އެތެރޭގެ ހާލަތަކީވެސް މިއީއެވެ. ޑިިއުޓީގަޑީގެ މައްސޫލިއްޔަތުތަށް އެއްފަރާކޮށް އެންމެ ފަހުގެ އިނގިރޭސި އަދި ހިްނދީ ފިލްމްތަކާ ތަފާތު ސީރީޒް ތައް ބަލާ ފަ ގަޑިްނ ގަޑިޔަށް ކާލުމަކުން ތިބޭފުޅުންގެ ޒިންމާއެއް ތިބޭފުޅުން ނަށް އުފުލުނީކަމަށް ހީފުޅު ވަނީ ހެ. ރައްޔިތުން މިތިބީ ނަފްސާނީ ބިރު ވެރިމަެގެ ތެރޭގައެވ...

1 comment:

  1. kaditheemu police kudinna saabahey.thiyey migaumuge dirumakee.kaley men kunidaa jasailaigen j vaane kame ne. mee mdp ge sakaaru haas nuvey

    ReplyDelete