Monday, March 15, 2010

ޕުރީސުކޫލް ބަޖެޓުގައި ހެދެމުންދާ ބާގަނޑުތައް އިތުރުވަނީ

ކަނޑިތީމު ޑިއާރުޕީ އަންހެނުންގެ ގޮފި (އަންހެނުންގެ ކޮމެޓީ) ގެ ފަރާތުން ކަނޑިތީމުގައި ހިންގަމުންދާ ޕުރީސުކޫލު ދަރިވަރުންގެ އަތުން ނަގަމުްނދިޔަ ފީ ވަނީ ނިމިގެން ދިޔަ ހަފްތާ ތެރޭ ބޮޑުކޮށް ފައެވެ. ކުރިން 60 ރުފިޔާ ނަގަމުންދިޔަ ނަމަވެސް މިހާރު ކުއްޖެއްގެ އަތުން ވަނީ 100 ރުފިޔާ ނަގާ ގޮތަށް ހަމަޖެހިފައެވެ.
އިތުރަށް ވިދާޅުވޭ.... ގާނޫނު އަސާސީގެ 36 ހަވަނަ މާދާ ބުނަނީ ފެށޭތައުލީމާ މެދުމަދަރުސީތައުލީމ ަކީ ސަެރުކާރުން ހިލޭ ރައްޔިތުންނަށް ދޭން ޖެހޭނެ ހިދުމަތެއްކަމުގައެވެ. އެގޮތުން 50 ކުދިްނނަށް ވުރެން ގިނައިން ތިބި ޕުރީސުކޫލުތަކަށް ސަރުކާރުން ދަނީ މުދައްރިސަކަށް 2000 ރުފިޔާ ދެމުންނެވެ. ކަނޑިތީމު ޕުރީސުކޫލުގައި 70 ހާ ކުދިން ކިޔަވަމުންދާއިރު އެސުކޫލަށް ސަރުކާރުން ކޮންމެ މަހަކު 4000 ރުފިޔާ ދަނީ ދެމުންނެވެ. އޭގެ އިތުރުން ކޮންމެ ކުއްޖަކުގެ އަތުން ދަނީ 60 ރުފިޔާ މީގެ ކުރިން ނަގަމުންނެވެ. ކުއްޖެއްގެ އަތުން 60 ރުފިޔާ ނެގި ނަމަވެސް ގައިގަނޑަކަށް މަހެއްގެ މައްޗައް ސަރުކާރުްނ ދޭރުފިޔާ އާ އެކު 8200 އެއްހާ ރުފިޔާ ޕުރީސުކޫލަށް ލިބޭނެއެވެ ނަވަވެސް މަސް ނިމޭރު ޕުރީސުކޫލް ބަޖެޓުގައި މޮކޮސްވެސް ނޯންން ތާނގައި ދަރަނި ބަޖެޓަކުން ހިންގާކަމަށް ޕުރީސުކޫލުން މަހަކު އެއްފަހަރު ހުށަ ހަޅާ ހަރަދުކުރި ގޮތުގެ ރިޕޯޓުގައި ބަޔާން ކޮށްފައިވާއިރު މިރިޕޯޓުގައި ދެކޮޅުނުޖެހޭ ޕުރީސުކޫލް ގެ ބަޖެޓުން ނާޖާއިސް ފައިދާ ނަގާކަން ދޭހަވާ އެތައްކަމެއް ފާހަގަ ވާން އޮތްނައިރު މިރިޕޯޓުގައި ކޮންމެ މަހަކު ފަރުްނ ވެލިގެނެސް ސުކޫލް ހޯލުތެރެއަށް ދޮްނވެލިލާވާހަކައާއި މަހަކު އެއްފަހަރު ސުކޫލްގެ ހުރިހާ ހޮޅިބުރި ބޮކި ފަދަ ތަކެތި ބަދަލުކުރާވާހަކަ މިރިޕޯޓުގައި ފާހަގަ ކޮށްފައި ބަޖެޓުް ދެކޮޅު ނުޖެހޭވާހަކަ ދަނީ ފާހަގަ ކުރަމުްންނެވެ.

ޕުރީސުކޫލްގައި ކިޔަވައިދިނުމަށް 3 މުދައްރިސުްން އެޅެމުންދާއިރު މީގެ ތެރެއިން 2 ޓީޗަރުްން ނަކީ ސެޓްފިކޭޓް ލެވެލް ގެ 2 ޓީޗަރުް ނެވެ. ކުރިން ދަރިވަރުްނގެ އަތުން ނަގަމުން އައި ފީ 100 ރުފިޔާ އަށް ބޮޑުކޮށް ފައި މިވަނީ ކުރިން ކޯސްނަހަދާ ކިޔާވާދެމުންދިޔަ ޓީޗަރަކު ވަކިވުމަށްފަހު ކޯސްހަދައިގެން ހުރި ޓީޗަރަކު ކިޔަވާދިނުމާއިގުޅިގެން ހަމަ މުސާރަ ދިނުމުގެ ގޮތުން ނެވެ. އެހެން ނަމަވެސް ޕުރީސުކޫލް ހިންގެ ވުމުގައި ދެކޮޅު ނުޖެހޭ ކަންކަން ދަނީ ފެންމަތި ވަމުންނެވެ. ކަނޑިތީމ ު އަނހެނުން ކޮމެޓީއަކީ ޑިއާރުޕީއަށް މަރުދެމުންދާ ކޮމެޓީއެކެވެ.


No comments:

Post a Comment