Monday, March 15, 2010

ކޭލި ޖަމުއިއްޔާގެ ފަތިފުށް

ކަނޑިތީމު ރައްޔިތުންނަށްވެސް އިނގިލައްވާނެ ފަދައިން ކޭލި ޖަމިއްޔާއަކީ ކަޑީމުގެ ޒުވާނުން ކޮޅެއް ވަރަށް ފޯރިއާއި އެކު ރަށުގެ ތަރައްޤީ އަށާއި ކުރި އެރުވުމަށް އަދި ޒުވާނުންނަށް ހާއްސަ އެކިއެކި ޕްރޮގްރާމްތަށް ހިންގުމަށް އުފެއްދި ޖަމިއްޔާއެކެވެ. ނަމަވެސް އަހަރަކަށް ފަހު އަހަރެއް މި ޖަމިއްޔާގެ ހުޅުކޮޅު މިދަނީ ނިވެމުންނެވެ. ޔޫ.ވީ ޓީމުން ކުރި ދިރާސާއިން އެނގުނު ގޮތުގައި ރަށުގެ އެކިއެކި ކަންކަމަށް މާ ބޮޑޫ ފައިދާތަކެއް މިޖަމިއްޔާގެ ފަރާތުން ލިބިފައެއްނެތެވެ. ނަމަވެސް މި ޖަމިއްޔާ ހިންގުމަށޭ ކިޔާ މަޤާމުތަކަށް ކުރިމަތިލާފައި ތިބޭބަޔަކަށް އެބަ ކޮންމެ ފަހަރަކުވެސް ފައިދާތަކެއް ލިއްބައިދެއެވެ.އިތުރަށް ވިދާޅުވޭ....އާދެ! މިހާރު އަނެއްކާ މި އިވޭއަޑަކީ ކޭލި ޖަމިއްޔާގެ އިސް މަޤާމުތަކަށް ބޭފުޅުންތަކެއް ހަމަޖެއްސި ކަމެވެ. އަނެއްކާވެސް ބަޔަކު ފޫނެއް ފަޔަށް ފެންފުރަން ފަށަނީއެވެ. މި ފަހަރު މި މީހުން ރަށުގައި އަނެއްކާ ކުރާނީ ކޮންކަމެއްބާވެއޭ ހިތަށް އަރައެވެ! އަނެއްކާ މިފަހަރު އޮތީ ފްލެޓްތަކެއް އެޅުން ނޫންބާވެއެވެ! ނޫނީ ރަށުގެ ހުރިހާ މަގެއް އޭ.ސީ ކޮށް ގާފެތުރުން ނޫންބާއެވެ! މީ ހައްތަހާވެސް މި މަޤާމުތަކަށް އަންނަ މީހުންގެ ފޮނި އުއްމީދުތަކެވެ. ނަމަވެސް ދައުރެއް ނިމޭއިރު ކޮންމެ ބޭފުޅަކަށްވެސް ހަމަ ވާވަރަކީ ފުޓް ބޯޅަ މުބާރާތެއް ބާއްވާލާ ޤްރުއާން މުބާރާތެއް ބާއްވާލާ ދަނޑުވެރިކަން ކުރުމަށް ގަސް އިންދާނެ ގޮތް ދަސްކޮށްލަދިނުމެވެ.

މުރުތަބު ޚަބަރުތަށް ބުނާގޮތުން ޖަމިއްޔާގެ ރައީސަކަށް މިފަހަރު ހޮވާފައިވަނީ އިރުމަތީގޭ އިސްމާއީލް އަފްރާހް އެވެ. އަދި ނައިބު ރައީސް އަކީ ސަމަދުބޭގެ ދަރި އިބްރާހިމް ޝަރީފް އެވެ. ހަޒާންދާރަކީ ޑޭޒީވިލާގޭ އިސްމާއިލް ރާޝިދުއެވެ.

މިފަހަރު މިބޭފުޅުންތަށް ރުފިޔާތަކަށް ހަދާނީ ކިހިނެތް ބާވެއެވެ! މިހާރުވެސް ކޭލި ޖަމިއްޔާގެ ރުފިޔާތަށް ކާނުލާކަމެއް ނޭންގެއެވެ. ކުރީގެ ރައީސް އަލީ ރިފާޒަށް ނުކުރެވުނު ކަމެއް އިސްމާއީލް އަފްރާހް އަށް ކުރެވިދާނެބާވެއެވެ! އަޑީގެ ޚަަބަރުތަށް ބޫނާގޮތުން މި މީހުންގެ ބަނޑުގައި ވަރަށް ބޮޑެތި ރޭވުންތަކެއް އެބަވެއެވެ. ބޭނުމަކީ ނަމުން ޖަމިއްޔާ ހަދައިގެން ކަމުން މި ބައިގަޑުތައް ފައިދާ ހޯދުމެވެ.

މިހާރުވެސް ކަނޑިތީމު އޮންލައިން ނަމުގައި ސައިޓް އެއް ހަދާ އޭ ސައިޓް ރަނގަޅަށް ނިހިންގޭ މީހަކަށް ބޮޑު ޖަމިއްޔާއެއް ހިންގާނީ ހަމަ ކިނަކުން ބާވެއެވެ ހިތަށްއަރައެވެ! ތަނެއް އޮތިއްޔާ އަދިވެސް ބިލްގޭޓްސް ހެދިގެން ބޯކޮށްޕާތި އިނގޭ އިއްސޭ ވެއެވެ! ކޮމްޕއިޓަރު ކުޅޭމީހުން ކުޅޭނީ ކޮންޕިއުޓަރ! ދެން ޖަމިއްޔާ ހިންގުމުގެ އިސްސަފުގައި މި ތިބީ ކިރުބޯ ޅަދަރިންނެވެ. ނުވާރުގެ ކަންތަތައް ކުރަން އުޅެތީ ހަމަ ޔޫ.ވީ ޓީމު ހައިރާނުން އަންތަރީސްވެ ކުޅު ހިކެއެވެ.! ކަންކަންވެސް ކުރެވޭނީ އެވަރު ފެންވަރު ހުރެގެންކަން މި މީހުންވާ ހަދާން ނެތުނީބާއެވެ.

މީގެ ފަހަތުގައި އެއް އެންމެ ބޮޑު ސިއްރަކީ ޖަމިއްޔާއަށް މި ލިބޭ ރުފިޔާކޮޅަށް ހޭ އަރުވާލުމެއެވެ. އަދި މިވީހާތަނަކަށް މި ޖަމިއްޔާގެ އެއްވެސް ޚަބަރެއް ނެތެވެ. ރައީސްކަމަށް ކުރިމަތިލައިގެން ގޭގައި ނިދަން އޮތީމާ ދެން ޖަމިއްޔާ އޮންނާނީ ހިންގިފައެވެ. ކޮންމެ ތަނަކަށް ދަނޑި ބާނަންވޭވިއްޔާއެވެ.

3 comments:

  1. thee aslu v dhah fenvaruge liyumeh...jamiyya ah kanthah nuvaa vaahaka dhahkaa iru thee vs hama kanditheemuge zuvaanun...ehe v ma hama thi zuvaanunge vs zinmaa eh rashuge jamiyya kuri aruvaa hingumakee....dhn adhi ekamuge there ah nuvadhe ehen bayaku hingan ulhey dhuruga thibegen chuku chuku thelhiyakas nuvaanehnnu....kada ey theethi..

    ReplyDelete
  2. ލިޔުން ރަނގަޅު އެކަމަކު ހަގީގަތާއި ދެކޮޅަށް ލިޔަން މަސައްކަތް ކޮންފަހުރިކަން ފާހަގަ ކުރެވޭ ... ނަމަވެސް ތިކުރާ މަސައްކަތަށް ސާބަސް.. ރަނގަޅު މިސްރާބަކަށް ކޭލި ދިޔުމުގެ ފުރުސަތު ވަރަށް ކައިރީގައި އޮތްހެން ހީވަނީ ތި ލިޔުން ޝާއިރު ކުރެވިފައި ތިއިނީ އެދާން އުޅޭ މިސްރާބާއި ދެކޮޅަށް އެކަމަކު ކޭލި ފަނޑުވެގެން ދާން ގާތްވެސް ނުވޭ.... ކޭލި ފުރަތަމަ ބިންގާ އެލީ 5 އަހަރު ދުވަހު މަދުވެގެން ކޭލި ކަޕް ހިންގުމަށް 6 ފަހަރު އެކަން އޮނާނީ ކޮށްފަ 2 އަހރު ދުވަހު ޤްރުއާން މުބާރާތްވެސް ބޭއްވިން 78 މީހުން ތަފާތު ދާއިރާއިން ބިނާކުރިން 29 ސެޕްޓެމްބަރ 2004 ފެށިގެން މިހާތަނަށް ހާއްސަކޮށް ފާހަގަ ކުރާ ހުރިހާ ދުވަހެއް ފާހަގަ ކުރިން އިންޓަނޭޝަނަލް ކޮންފަރެންސްތަކުގައާއި ނޭޝަނަލް ލެވެލްގައާއި އަތޮޅުފެންވަރުގައި އަދި ރަށުފެންވަރުގެ ފޯރަމްތަކުގައި ބައިވެރިވިން ޔޫތު މިނިސްޓްރީ އޮގަނައިޒްކުރި ޔޫތް ޓްރިޕްގައި ބައިވެރިވިން 62 ފުޓްބޯޅަ 12 ވޮލީ ބޯޅަ 2 ޖާރޒީބައި 1 ވޮލީނެޓް 1ގޯލް ޕޯސްޓް (އިންޓަރނޭޝަނަލް ސްޓޭންޑަރޑްގެ) 1 ގޯލްޕޯސްޓް ދާގަނޑު މިހާތަނަށް ޒުވާނުންނަށް ހަދިޔާ ކުރެވިފައިވާނެ ޔޫރޯ 2008 ކާއި ސާފް ޗެމްޝިޕް2008 ކާއި ސާފް ޗެމްޕިއަންޝިޕް 2009 ކާއި ބޭރު ބައެއް ލީގް މެޗްތައް ބޮޑު ސްކުރީނުން ގައި އެޅުވިން ދީނީ ގޮތުން ހޭލުންތެރި މުޖްތަމައެއް އުފެއްދުމަށްޓަކައި ދީނީ ދަރުސް ޕުރޮގުރާތައް ހިންގިން 2007 ޔޫތުކަޕްގައި ބައިވެރިވެ 4 ވަނަ މަގާމް ހޯދިން 2009 ވަނަ އަހަރު ބަނިޔަން ޓްރީ މޯލްޑިވުސްއާއި ގުޅިގެން 700 ގަސް ކަނޑިތީމް ފަސްގަނޑުގައި އިންދިފައިވާނެ ށކަނޑިތީމް ހެލްތް ސެންޓަރާއި ށ އަތޮޅު މަދަރުސާއާއި ށ ކަނޑިތީމް އޮފީހާއި ށކަނޑިތީމް ޕޮލިސްޓޭޝަނާއި އެން އެން ސީބީއާއި ގުޅިގެން އާއްމުން ހޭލުން ތެރިކުރުވުމުގެ ގޮތުން ތަފާތު ޕުރޮގުރާމްތައް ހިންގިފައިވާނެ 2009 ވަނަ އަހަރު ތަޖްވީދަށް ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކުލާހެއް ހިންގިން ނަތީޖާ ވަރަށް ފޮނި 2009 ވަނައަހަރު ރަށަށް މުޅިން އާ ކޯހެއް ( ހައިޑްރޮޕޯނިކްސް ޓްރެއިނިން ) 59 ބައިވެރިންނަށް ހިންގިން ށ ކަނޑިތީމްގައި ޝޯޝަލް ސެންޓަރެއް އެޅުމުގެ މަސައްކަތް މިދަނީ ކެނޑި ނޭލި ކުރަމުން މިހާރުވެސް އެކަމުގެ 10 އިންސައްތަ ފައިސާ ޖަމުއިއްޔާގެ ދިވެހި ފައިސާ އެކައުންޓްގައި އެބަހުރި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އންހެން ބޭކަބަލުންނަށް ހާއްސަ 2 ކޯސް ވާނީ އިއުލާން ކުރެވިފައި 2008 ވަނައަހަރު ކުޅުދުއްފުށީގައި އޮތް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓްގައި ށ ކަނޑިތީމްގެ ކޮންޖެންޓަށް ފައިސާގެ އެހީތެރިކަން ފޯރު ކޮށްދެވުނު ކޭލި ޖަމުއިއްޔާގެ އިދާރާ އެޅުމަށް ކުރިޔަށް އޮތް 2 މަސްދުވަހުގެ ތެރޭގައި ބިޑަށް ލެވޭނެ ކަމަށް ލަފާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަނާއި އެން ޖީ އޯ ފެޑެރޭޝަނާއި މަދަނީ އިއްތިހާދާއި ސީ އޯޑީސީ ކައުންސިލުގެ މެމްބަރު ކަމުގެ އިތުރުން ޔޫ އެން އެފް ޕީ އޭ ގެ މެމްބަޝިޕް ކާމިޔާބު ކަމާއި ޔަގީން ކަމާއި އެކު މިދަނީ ފުރަމުން ށ.ކަނޑިތީމް ގެ ކުޑަކުދިންނަށް ޓަކައި ކުޑަކުދިންގެ ޕާކެއްގެ ޕުރޮޕޯސަލްމަސައްކަތް ކުރެވެމުންދާ ވާހަކަވެސް މިފުރުސަތުގައި ހާމަ ކޮށްލާނަން މި ކިޔާލަ ދެވުނީ މިޖަމުއިއްޔާގެ ފާހަގަ ކޮށްލެވޭ ބައެއް މުހިއްމު ކަންތައް މިގޮތަށް ކިޔާލަ ދީފާނަން ތިޔަބޭޅާގެ އަގައިން ސޮނި ވެއްޓޭ ވަރަށް އަދި ދަންނަވަންތޯ 2004 އަހަރުން ފެށިގެން 2008 އަހަރުގެ ނިޔަލަށް މިޖަމްއިއްޔާ މަސައްކަތް ކުރީ ފިތިފަ ތިބެގެން މިރަށުގެ ބައެއް މީހުންގެ ނުފޫޒުން ޖަމުއިއްޔާ އޮތީ އޭރުގެ ސަރުކާރުގަ ބޮއެކަޓް ކޮށްފަ ޒަމާންތަކަކަށްފަހު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ނެގީ 2009 ވަނަ އަހަރު މިއީ ތެދު ހަގީގަތް ދެން ތިބުނުއްވަނީ ކީކޭތޯ ބުލޮގު ހިންގުމަށް ކުފޫ ހަމަނުވާ މީހުން ތިކަން ނުކުރާނީ އަޅުގަނޑުމެންވެސް ތިބޭފުޅައިގެ އިއްޒަތާ ކަރާމާތަށް ހުތުރުވާ ޒާތުގެ އެއްޗިހި ބުލޮގު ހަދައިގެން ލިޔެވިދާނެ އެކަމަކު އެއީ އުސޫލެއްތޯ ރަނގަޅު ވާހަކަޔާ ބުހުތާން ދޮގު ތިހައްދަވަނީ ދުލައި ގަލަމުގެ މިނިވަންކަން ދިވެހި ޖުމުހުރިއްޔާގެ ގާނޫނުން ތި ބޭލާއަށް ދެއްވީ ދިވެހި ސަގާފަތާ އިސްލާމްދީނާއި ގައުމުގެ އިސްތިގުލާލާ އަމަން އަމާން ކަން ގެއްލުވާލާ މިތަނުގައި ފިތުނައި ސާލެއް ފަތުރާލަން ތޯ ނޫން އެހެނެއްނޫން އާދޭ ހަމަ މަގަށް އާދޭ ..ތިމާގެ ސައިޒް ތިމާޔަށް އޮޅުނީމަ އަނެކާގެ ހައްގުގެ މަތިން ހަދާން ނެތެނީ... މިހާރު ކޭލި ޖަމުއިއްޔާގެ އައު ހިންގާ ކޮޓީއަށް ކުރިމަތިލައިފަ އެތިބި ކުދިންނަކީ މިޖަމުއިއްޔާ މިހާ ހިސާބަށް ގެންނަށް ކުރި މަސައްކަތުގެ ފުރިހަމައަށް ބައިވެރިވެފައިވާ ކުދިން ތިޔަބޭފުޅާއަށް ބުލޮގު ނުހިންގުނަސް ކޭލި ޖަމުއިއްޔާ އެކުދިންނަށް ހިންގާ ކަށް އުދަގުލެއް ނުވާނެ .. މިކޮމެންޓު ޝާއިރު ނުކޮށްފިއްޔާ ތިއީ ވަރަށް ފިޑި ތާކުންތާކު ނުޖެހޭ މީހެއް... ލިޔަންވީ ކޭލި ޖަމުއިއްޔާގެ ފަތިފުށެއް ނޫނެ... ލިޔެ ބެލަ ތިޔަބޭލާއަށް ކުރެވިފަ ހުރި ކަންތަކުގެ ވާހަކަ އަހަރުމެން މިތިބީ ކިޔަން .... އަޅެ ލިޔަލަ ބެލަ

    ReplyDelete
  3. keyli hingaa kometyge menbarehMarch 19, 2010 at 11:53 AM

    dadibeyneyneyves hama ekamah ulhey meyhunah ,,,,,,kiruboegen eduga nidan thibeymwyhunah nuhigunu jamuiyaaeh ehen baeh higaafaanethy thiulhany

    ReplyDelete