Thursday, February 18, 2010

ސިޔާސީ ދަނޑިބޭނުން-ސާވޭޔަކަށް ބުނެ ކުއްލިގޮތަކަށް ކަކާރެދޫ ގުރުވަތުލުން ފަސްކޮށްލައިފި

ސަރުކާރުން ފަޅުރަށްރަށް ވަރުވާއަށް ދޫކުރުމުގެ ސިޔާސަތުގެ ދަށުން އެރަށަކާ އެންމެ ކައިރިއެއްގެ އޮންނަ ފަޅުރަށެއް އެރަށެއްގެ މީހުންނަށް ވަރުވާއަށް ދޫކުރުމަށް ސަރުކާރުން ގެން ގުޅޭ ސިޔާސަތުގެ ދަށުން މިހުސްވި ޖެނުވަރީ މަހުގެ 28 ވަނަދުވަހަށް ކަކައިރަދޫގެ ވަރުވާއަށް ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާތީ އެރަށް ވަރުވާއަށް ނަގަން ބޭނުން ވާ ފަރާތަކަށް ވަނީ އެފުރުސަތު ހުޅުވާލާފައެވެ.
އިތުރަށް ވިދާޅުވޭ....
ވަރުވާއަށް އެންމެ 950 ރުފިޔާ ދައްކާގޮތަށް ހަމަޖެހިފައިވާ ކަކައިރަދޫ ނެގުމަށް ޓަކައި 41 ފަރާތަކުން ވަނި ކަނޑިތީމު އޮފީހަށް ސިޓީ ފުނުވާފައިވެއެވެ. އިއުލާން ގައިވާ ގޮތުގެ މަތިން ޖެނުވަރީ 28 ވަނަ ދުވަހު އެކަމަށް ސައުގުވެރިކަން ފާޅުކޮށް ކުރިމަތިލާފައިވާ މީހުންގެ މެދުގައި ގުރުވަތު ނެގުމަށް ހަމަޖެހިފައިވަނިކޮން ކުއްލިގޮތަކަށް ގުރުވަތު ނެގުން ވަނީ ފަސްކޮށްލާފައެވެ.
އިތުބާރު ހުރި ފަރާތަކުން ޔޫވީއަށް ކިޔާދިން ގޮތުގައި ސީހަޓް ހަސަން ވަހީދު އެރަށް މާބޮޑަށް ބޭނުންވެގެން އެކަމަށް ސަރުކާރު މެދުވެރިކޮށް ނުފޫޒް ފޯރުވަން މަސައްކަތް ކުރަމުން ދާއިރު ހަމަ އެރަށް މުހައްމަދު އާރިފް މެދުވެރިވެގެން އޭނެ އެރަށް އިބްރާހިން އާރިފް އަށް ޙޯދާދޭން މަސައްކަތް ކުރަމުންދާކަމަށް ވަނީ ޔޫވީ އަށް ހަބަރު ލިބިފައެވެ. ހަސަން ވަހީދަކީ ސަރުކާރު ހިންގާ ޕާޓީ އެމްޑީ ޕީ ގެ މާނުފޫޒް ގަދަ މީހަކަށްވެގެން ވެބުހުއްތު ހެދިގެން އުޅޭ މިހަކަށް ވާއިރު ޑީއާރްޕީއަށް މަރުދޭ މުހައްމަދު އާރިފްބޭނުން ވާ ގޮތައް އެކަން އަބުރާލުމަށްޓަކައި އެކަން މަޑުޖައްސާލާފައިވާއިރު ގުރުވަތު ލުމަކާ ނުލާ ވަކިމީހަކަށް ކަކައިރަދޫ ދޭތަން ބަލާކަށް ދެއަށް އުރާލައިގެން ކަނޑިތީމް ރައްޔިތުން ނުތިބޭނެކަން ވާހަކަ ދަން ނަވާލަމެވެ. މިކަން ހިނގަން ވާނީ ހެދިފަހުރި ގާނޫނާ ގަވާއިދުގެ މަތިން ދެފުއްފެންނަ ރައްޔިތުންނަށް އިތުބާރު ކުރެވޭގޮތަކަށެވެ

1 comment:

  1. mohamed arif aailaa ah dheefa onna kudadhoo kiyaa rah ves guru athah laan veenu.. heevanee ammilaa tharika mudhaahen umurudhavaha varuvaa ah pakalhaa kohgen...

    ReplyDelete