Wednesday, February 17, 2010

ކަނޑިތީމުގެ ތައުލީމީ ބިންގާ އަލިނޫރަކުން ފަނޑުކަމެއްގެ ތެރެއަށް- އެތެރެ ނުފެންނަ އަމިއްލަ ސިޔާސަތު- އެއްވަ

މިގެ 50 ހަކަށް އަހަރު ފަހަތައް ނަޒަރު ހިންގާލަމާތޯއެއެވެ. ބައިގަރުނުގެ ފަހަތަށް ކަނޑިތީމު ޖައްސާލުމުން އަޅުގަނޑުގެ ހިތައް ކަނޑިތީމު ސިފަވެގެން ދަނީ 19 ވަނަ އަގަރުނުގެ ކުލަނުވާ ފިލުމެއްގެ މައްން ޒަރު ފެން ނަހެން ކަނޑިތީމުގެ ހަނދާން ތަކެވެ.ކަނޑިތީމް އުތުރުފަރާތު އަތިރިމަތިން އުޖާލާ ވިދުވަރު ފެންނަމުންދާއިރު ވޮށިފިލާހިފައިގެން އެދުރުގެއަށް(ކުރީގެ ބާމަދަރުސާ ) ހިނގާ ކުދިން އެދުރުގެއިން ނިކުމެ އަތިރިމަތީ އަކުންބަކުން ކުޅެ ހެދި ހަނދާން ތައް މާޒީވެ ދިޔަނަމަވެސް މިއަދުމިދަނީ ވަށާޖެހޭތައުލީ މުގެ ތެރެއިން ތައުލިމީ މަންހަޖް އިސްލާހުކުރެވި ދަރިވަރުން ނާ ނުހަނުގާތުން އެތައުލީމު ލިބެމުންނެވެ. އެއީ މާޒީގެ ކުޑައިރުގެ ހަނދާން ތަކެވެ..
1985 ޖެނުވަރީ 23 ވަނަ ދުވަހަކީ ކަނޑިތީމުގެ ރައްޔިތުން ގެ ހިއް އުފަލުން ފޮޅިގެން ދިޔަ އުފާރި ދުވަހެކެވެ.އަމިއްލަ ފަސްގަނޑުގައި ތިބެގެން ސާނަވީއަށް ކިޔަވަން ފުރުސަތު ލިބިގެން ދިޔަ ށ އަތޮޅުމަދަރުސާ ހުޅުވިގެން ދިޔަ ދުވަހެވެ. ތަފާތު އެކިކަހަލަ ގޮންޖެހުނަތަކާ ކުރިމަތިލާ ތަފާތު އެކި މަރުހަލާތައް ކަޑަތު ކުރުމަށް ފަހު މިހާރު ށއަތޮޅުމަދަރުސާ އަކީ ފާހަގަ ކޮށްލެވޭ ފަދަ ނަތިއްޖާއެއް ނެރެމުން އަން ނަ ތައުލީމީ ހުނަރުވެރި ގާބިލް ދަރިން ތަކެއް ތަރުބިއްޔަތު ކުރަމުން ދާ މަދަރުސާއެކެވެ.

އިތުރަށް ވިދާޅުވޭ....

މިއަދު އަޅުގަނޑުމެންގެ މާހައުލު މިވަނީ ބަދަލުވެފައެވެ . އިއްޔެ އަޅުގަނޑުމެންނަށް ނުލިބޭ އެތައްމިނިވަން ކަމެއް މިއަދު އަޅޫގަނޑުމެންނަށް ލިބެމުން ދާއިރު އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެން އެކަމަކަށް ވަކާލާތު ކޮށް ދެކޮޅުހަދަމުން ދިޔަ އާއިލީ ވެރިކަން ކުރުމުގެ ސިފަތަކާއި ހުދުމުހް ތާރު ގޮތް ތައް އަލުގަނޑުމެން ގެ ތެރެއިން ނެތި ކޮށްލުމަށް ޓަކާ މި ދިމުގުރާތީ ނިޒާމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާއިރު މިއަދު އަޅުގަނޑު މެން ގެ ފަހުރު ކަމަށް ބަލަމުން އަން ނަ ށ އަތޮޅޫމަދަރުސާގެ ހިން ގުން މިވަނީ މަޑުމަޑު އާއިލީ އަޅުވެތިކަމާ ބާރު ވެރިކަމެއް ގެ ތެރެއަށް ދާން ފަށާފައެވެ. ތަނުގެ ހިންގުމާ ރަށުގެ މީހަކު ހަވާލު ވުމީ ރަށުގެ އެތައް ބައެއްގެ އުންމީދެކެވެ. ނަމަވެސް އެދުވަހު އެކުރެވުން އުންމީދު މިއަދު މިވަނީ ބަދަލުވެ ފަނޑު ފުލުން ލާފައެވެ. އެމަދަރުސާއިން ތައުލީމީހަޔާ ނިއްމާލި އެތައް ކުދިންނނެއް މިއަދު އެމަރުކަޒުގެ މުދައްރިސުންގެ ގޮތުގައި ދަނީ ހަރަކާތް ތެރިވެ އަމަލީ މައިޒާން ގައި ފިސާރި ގާބިލިއްޔަތުކަމާއެކު ފައިތިލަ ހަމަކުރަމުންނެވެ.

ހަނދާނަށް އަންނަނީ މުހައްމަދު ޒަހީނު ގެ ސުޕަވައިޒް ކަމުގެ ދަށުން އަތޮޅުމަދަރުސާ ހިންގެވި ދުވަސް ވަރުގެ ހަނދާންތަކެވެ. އަތޮޅޫމަދަރުސާއިން މެދުމަދަރުސީތައުލީމު ފުރިހަމަކޮށް މަތީސާނަވީ އަށް ކިޔަވަމުން ދިޔަ ވިސްނުން ތޫނު އެތައް ދަރިވަރުން ގެ ތައުލީމީ ހަޔާތައް ކަނުއަދިރީގެ ތެރެއަށްވައްދާ އޭނަގެ އާއިލީ ބާރާ ވެރިކަން ދެއްކުމުގެ ގޮތުން ދަރިވަރުންނަށް އެތައްހަރުކަށި އަދަބުތަކެއްދީ ޒާތީ ގޮތުން ކުދިންނާ ޖައްސާލާ އެކުދިން ނައް ނަފްސާނީ އެފަދަ އެތައް ކަމެއް ކޮށްފާވާ މީހެއްގެ ކިބައިން އަތޮޅޫމަދަރުސާ ސަލާމެއްވެ ހިންގުތެރިވެރި ޒުވާން ލޭހިނގާ ކަނޑިތީމު ދަރިއެއް އެނައުގެ މާލިމީ ކަމަށް ހަވާލުވި ދުވަހަކީ އެތައްފޮނި އުންމީދެއް އެމަދަރުސާ އާ ދޭތެރޭ ކުރެވުނު ދުވަހެކެވެ. އާއިލީ ވެރިކަމަކުން އަރައި ގަނެ އެންމެން އެއްހަމައަކުން ދެކޭނެ ކަމަށް ފޮނި އުންމިދެއް ކުރެވުނު ދުވަހެކެވެ

ފެންނަ ފެނުމަށް ހިންހެޔޮ މަޑިމައިތިރި ވިސްނުން ތެރިއެއް އެހެން ނޫން ތޯއެވެ! އާދޭހެ 300 އެތައް ކުދިންނެއް ކިޔަވަމުން އަންނަ ށ އަތޮޅުމަދަރުސާގެ ހިންގުމަށް ހުސެން ފަޔާޒު ހަވާލުވެ ވޭތުވެ ދިޔަ 3 އަހަރު ސުކޫލްގެ ނަތިއްޖާ ރަނގަޅުކޮށްފައިވާއިރު 2008 ވަނަ އަހަރު މަތިއުތުރު ޕޮރޮވިންސްއިން އެންމެ ރަނގަޅު ނަތިއްޖާއެއް ހޯދި ސުކޫލަކީ ވެސް ށ.އަތޮޅު މަދަރުސާއެވެ.2006 އަދި 2007 ކަށް ވުރެން ސުކޫލްގެ ނަތިއްޖާ މައްޗައްޖެހިލާފައި 2008 ވަނަ އަހަރުގެ އޭޕީ އިސްކޯއަކީ 99.4ކަށް އަރާފައިވާއިރު އޯލެވެލްއިން އޭލެވެލްއަށް ވަނީ 66.7 އިންސައްތަ ދަރިވަރުން ފާސްވެފައެވެ. 20 ދޭސީ މުދައްރިސުންނާ 17 ބިދޭސީ މުދައްރިސުން މަސައްކަތް ކުރަމުން އަން ށ އަތޮޅުމަދަރުސާގެ ހަޔާތުގެ ފޮނި 3 އަހަރުގެ ވާހަކަ ދައްކާލުމަކުން ނިމުނީއެއްނޫނެވެ. މުދައްރިސުންގެ ހިކުމެއްތެރި ވިސްނުމާ ދަރިވަރުންނާ ބެލިނިވެރިން ގެ ހިއްވަރާ ފަންވަރުން ށ އަތޮޅުމަދަރުސާ ވަނީ 3 އަހަރުވެސް އަތޮޅުގެ އެއްވަނަ މަގާމް ދިފާއުކޮށް އޯލެވެލް އިނމްތިހާނުގެ ގަދަދިހައެއްގައި ފަހުރުވެރި ވަނަތަކެ އެސުކޫލްގެ ދަރިވަރުން ހޯދާފައެވެ. ސުވާލަކީ މިކަމުގެ ސިއްރަކީ މެނޭޖް މެންޓް ތޯއެ ނުވަތަ ކިޔަވައިދޭ މުދައްރިސުން ތޯއެވެ؟ ހީވާގި މުދައްރިސުންނާ ދަރިވަރުން ކެނޑިނޭޅި ކުރިމަސައްކަތުގެ އަގު ކިތަންމެ ބޮޑުނަމަވެސް އެކަމުގެ ހުރިހާ އަބުރަކާއި ސަރަފެއް ނަގާފައިވަނީ މެނޭޖް މަންޓުންނެވެ. އެކަމުގެ ފޮރުވިފައިވާ ހަގީގަތަކީ ސުކޫލްގެ ހިއްވަރުގަދަ ކެރޭ މަދު މުދައްރިސުން ކޮޅެއް ގިނިކަންނާ މެނޭޖްމެންޓުގެ މާބޮޑު އަޅާ ލުމަކާނުލާ ރެޔާދުވާލު ކުރެވުނު އަގު ނުކުރެވޭހާ ގިނަގުނަ ބުރަމަސައްކަތް ދަރިވަރުން ބަލިގެން ކަމުމުގެ ފޮނި ނަތިއްޖާއެވެ.

ވޭތުވެ ދިޔަ ފޮނި 3 އަހަރުގެ ވާހަކަ ދައްކާލުމުން އަޅުގަނޑުގެ ހިތް ވެސް އުފަލުން ފޮޅިއްޖެ އެހެން ނަމަވެސް ދެން ދަން ވާލަން އޮތީ ހިތާމަވެރި ހަބަރެކެވެ. ގޮތްދޫނުކުރުމާއި މުދައްރިސުންގެ އަގުވަޒަން ނުކުރުމާއި އަމިއްލަ އެދުމުންފޯވެ މުޅިއޮޑީގައި ހަސަނުގެ ދެފައި ވީމަ ދެން އެހެން މީހެއްގެ ބާރެއް ނޯންނާނެއްނޫންތޯއެވެ. އާދޭހެ ބޮޑުމަންޒަރު ފެންނަނީ އެހާ އުޖާލާ ކޮށެއްނޫނެވެ. ސުކޫލްގެ ދޭސިންނާ ބިދޭސިންގެ މެދުގައި ތަފާތު ކުރުން ތައް ބަހައްޓާ ބިދޭސީ ދެ ޓީޗަރުން ކަމުގައިވާ ބިޖީތް އާއި ސުރޭސް އާ ހުސެން ފަޔަޒު އާ އޭނަގެ ކޮށްކޮ އަސްރަފް ގެއިތުރުން ފައިސަލް ގެ ގުޅުމަކީ ތިޔަ ކަހަލަ ގުޅުމެއްނޫނެވެ... ބިޖީތް އަތޮޅުމަދަރުސާގައި އުޅޭތާ 7 އަހަރު ވެފައިވާއިރު އޭނައަކީ ބިދޭސީންޓީޗަރުންގެ ދާދާއެވެ. އަތޮޅުމަދަރުސާގެސެކެންޑެރީ ޓީޗަރެއްގެ ގޮތުގައި ސުރޭސް އިންގިލސް ކިޔަވައިދޭއިރު ބިޖީތް އިކޮން ނަގަމުން ދާއިރު ތަފާތު ހިސާބު ތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކުވެސް އެން އެންމެ ދަށް ނަތިއްޖާ ލިބިފައިވަނީ މިދެޓީޗަރުން ކިޔަވާދޭ ދެމާދާކަމުގައިވާ އިކޮން އާއި އިންގލިސްއެވެ . ނިމިދިޔަ 2009 ވަނަ އަހަރުވެސް ބިޖީތް އާއި ސުރޭސް ކިޔަވާދިން އިކޮނޮމިކްސް ،އިންގިރޭސި މިދެމާދާއިން ފާސްވެފައިވަނީ ކޮންމެ މާދާއަކުން 3 ކުދިންނެވެ. އެހެން މާދާތަކުގެ ފާސް ވާ ނިސްބަތް 65 އިންސައްތަ އާއި 80 ޕަސަންޓުގައި އުޅޭ އިރު އިނގިރޭސި އާއި އިކޮން އުޅެނީ ފުލުގައެވެ.އެހެނއް ނަމަވެސް ދަރިވަރުންނާ ސުކޫލްގެ ކުރިމަގާ ދޭތެރޭ ނުވިސްނާ އަމިއްލަ ފައިދާއަށްޓަކައި މިދެޓީޗަރުން ކިތައްމެ ދަށް ނަތިއްޖާއެއް ހޯދިނަމަވެސް ގެން ގުޅެން މަޖުބޫރެވެ.

ބިޖީތް އެޖެންޓް ކަމުގެ ދަށުގައި ބިޖީތްމެންގޭގައި ރަޖިސްޓުރީވެގެން ހުސެންފަޔާޒު އަހަރު ދެކޮޅު އިންޑިޔާއަށް ގޮސް އިންޑިޔާގެ "އަލިގައްޕަ" ޔުނިވާސިޓީން
"ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓޭޓާރ"(ބީ.ބީ.އޭ) ހަދަމުން ދާއިރު ފައިސަލް ދަނީ ބިޖީތް ގެ އެޖެންޓް ކަމުގެ ދަށުން ކޮމްޕުޓިން ކޯސް ފުރިހަމަކުރަމުންނެވެ. މީގެ އިތުރުން އަސްރަފް އާ ސުރޭށް ގުޅިގެން އިންޑިޔާއިންއެއާޓެލްގެ ވިޔަފާރި ކުރަމުން ދާއިރު އަސްރަފް މެން ގޭގަ ހުރި ޑިސްއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްވެސް ދަކަމުންދަނީ ސުރޭސް އެވެ. މިފަދަ އެތައްކަމެއް ސުކޫލްގެ ތެރޭގައި ހިނގަމުންދާއިރު ބެލެނެވެރިން ގެ ވެސް ޒިންމާތަކެއްވެސް ވާނެ ކަން ހަމަކަށަވަރެ .މިފަދަ އެތައްކަނަތައްތަކެއް ހިންގަމުންދާއިރު މިކަމުގެ ނޭދެވޭ އަ ސަރު ދަނީ ދަރިވަރުންނަށާ ސުކޫލްގެ އޯލެވެލް ނަތިއްޖާ އިން ފެންނަމުނަނެވެ ވޭތުވެ ދިޔަ 3 އަހަރު ދިފާއުކުރަމުން އައި އަތޮޅުގެ އެއްވަ މަދަރުސާގެ ރެކޯޑު އަތޮޅުމަދަރުސާ ފަހަތް ކޮށްލުމަށްފަހު މާއުނގޫދޫސުކޫލް ހޯދާފައިވާއިރު އަދިވެސް ބެލެނެވެރިންން މަޑުންތިބެން ވީތޯއެވެ. އުޖާލާވިދުވަރުގެ ޓީމުން ވިދުވަރެއް ފަދައިން މިމަސައްކަތް ކުރަނީ ކަނޑީތީމުގެ ހާލަތު ބަދަލް ކުރެވޭތޯއެވެ.މިރިޕޯޓްގެ ދެވަނ ބަޔަށް އިންތިޒާރް ކޮށްލަށްވާށެ. މިފަދަ އެތައްކަމނެއް ކުރިޔަށް ހުރި ރިޕޯތް ތަކުން ތިބޭފުޅުންނާ ހިއްސާކޮށްލާނަމެވެ...........ނުނިމޭ


No comments:

Post a Comment