Thursday, February 11, 2010

އަހާނނނ 3 މެންބަރުން ހޮވަންވާ ތާކަށް 6 މީހުން. ސާބަހޭ ލޮލަށް ނިދި ނާދޭ......


ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ކުރިއަށް އޮތް އެޕާޓީގެ ކޮންގްރަސްގައި ކަނޑިތީމް ގޮފި ތަމްސީލް ކުރަން 3 މެންބަރުން ހޮވަންވިތާކަށް 6 މެން ބަރުން މިހާރުވަނީ ކަނޑައަޅާފައެވެ. ކީކޭ ދެން ބުނާނީ. ޑީއާރުޕީގެ އަސާސީ ގަވާއިދު ބުނާގޮތުން ނަމަ 50 މެންބަރުން ހަމަވާ ކޮންމެ ގޮތްޕަކުން 2 މެންބަރުން އިތުރުވާ ކޮންމެ 50 މެންބަރަކުން 1 މެންބަރު ބައިވެރި ކުރާ ގޮތައް އަސާސީ ގަވާއިދު ގައި ބަޔާން ކޮށް ފައިވާއިރު ކަނޑިތީމް ގޮފިން ވަނީ އެޕާޓީގެ އަސާސިގަވާއިދާ ހިލާފައް ކޮންގުރެސް ގައި ބައިވެރިވާ މެންބަރުން ހޮވައިފައެވެ.
އިތުރަށް ވިދާޅުވޭ....
ޑިއާރުޕީ ކަނޑިތީމް ގޮފިން ގަދަކަމުން މުސްކުޅިވެރިންނަށް ނޭގި އެޕާޓީގައި 300 މެންބަރުން ރަޖިސްޓުރީކޮށްފައިވާނެ ކަމަށް ބުނާއިރު ކޮމިސަން އޮފް އިލެކްސަންގެ ޑީއާރުޕީ ގެ ދަފްތަރުން އެމީހުން އެބުނާ 300 މެންބަރުން ފެން ނަށް ނެތްއިރު މިކޮންގްރެސްގައި ބައިވެރިވާން ހިތުގައި އޮއްލެއް ބޮޑުކަމުން ލޮލަށް ނިދިނައިސްގެން މިއުޅޭ ގުންޑާއިން ވަނީ 3 މީހުން ހޮވަން ޖެހޭތަނަކަށް ހަމީހުން ހޮވާ ފައެވެ.
ކޮންގްރެސްގައި ބައިވެރިވުމަށް މުހައްމަދު ވާފިރު(ލާންޗް ވާފިރު)، މުހައްމަދު ސިމާމު، އިބްރާހިން އާރިފް، މޮދުރޭ އަދި އޭނަ އަންހެނުން ސަފާޒާ ގެ އިތުރުން އިބްރާހިމް ނައުފަލް ގެ ނަން ވަނީ ފާސްކޮށްފައެވެ. މެންބަރުން ހޮވުމަށް ބައްދަލުވުން ށ އަތޮޅުމަދަރުސާ ގެ ކުލާސް ރޫމެއްގައި ބައިވާފައިވާއިރު މިބައްދަލުމަށް ދައުވަތު އަރުވަން ވަނީ ގަވާދާ ހިލާފައް ސިޔާސީޕާޓީއެއްގެ ބޭނުމަށް ރަށުއޮފީގެ އަޑުގަދަ ކުރާ ބޭނުން ކޮށްފަ ކަން ފާހަގަ ކޮށްލަމެވެ.( ހަމަ ޔަގީނޭ މިވާނީ ސޮލާހު ކަތީބު ކަމަކަށް ކަން.) 25 ވީހަކަށް ކެނާއިން ބައިވެރިވި މިބައްދަލުވުމުން ގެން ގޮސްފައިވަނީ ޑިމޮކްރަސީގެ އަސާސްތަކާ ރޫހާ ހިލާފަށް ޒައީމް ދަސްކޮށްދެއްވި ހުދުމުހްތާރު ގޮތަށެވެ.



2 comments: