Thursday, February 11, 2010

ގުންޑާ ފޯސްގެ ޕުލޭން ފެއިލް..ކަނޑިތީމު އަންހެން ވެރިން ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި

މިދުވަސް ކޮޅު ރަށު ތެރޭގައި ދެ އަން ހެނަކު އެއްތަން ވެއްޖެ ނަމަ ދެކެވޭ ވާހަހަކަ އަކީ ރޭގަނޑު އެކަނި ނިދަން ނުކެރޭ ވާހަކައެވެ. މީހަކު ވަންނަނީ ޔޯލައޭ!! އޭނަ ހުން ނަނީ ޓިސާޓުވެސް ބާލައިގެން މޫނުވެސް ފޮރުވަގެން ނޯލައެ! ކޮންމެ އަކަސް ރޭވެފަ އަލިވިލޭރަށް ހެނދުނު ހެދުނާގެ ހޫނު ހަބަރަކަށް ވެފައި ވަނީ މީހުން ކައިރިޔަށް ވަންނަ މީހާގެ ވާހަކައެވެ.

އިތުރަށް ވިދާޅުވޭ....

ރަށު ތެރޭގައި މިވާހަކަ ދެކެވޭތާ މިހާރު ކުށޑަދުވަސް ކޮޅެއް ވެއްޖެ އެހެން ކަނމުން މިކަމުގެ ހަގީގަތް ބެލުމަށްތ ޓާކައި ޔޫވީ ޓީމުން މަސެއްކެއް ފެށީމެ ވެ. މިހާތަނަށް 12 ފަހަރަކު މިމީހަކު ރަށުގެ އެކި ގޫގެއަށް އެކި ރޭމަތިން ވަދެފައިވަކަމަށް އަންހެން ވެރިން ބުނަމުން ދާއިރު އެއް ގެއަކަށް 3 ފަހަރު ތަކުރާރު ކޮށް ވަދެ ފައި ވާއިރު އާމުކޮން ހުކުރުވިލޭރޭ ގޭގެޔަށް ވަން ނަކަން ފާހަގަ ކުރެވެއެވެ.މާސްކު އަޅައިގެން ހުރެ ގޭގެ އަށް މިމީހާ ވަންނަ އިރު ވަޅި އެއް ގެން ގުޅޭކަން ވެސް ފާހަގަ ކޮށްލަމެވެ. އަދި މިމީހަކު އެވަން ނަ ގެޔަކުން ނިކުމެގެން ގޮސް ވަދެފައި ހުންނަނީ ކަނޑިތީމު ޕޮލިސްޓޭސަނަށެވެ.
ދެން އުފެދޭ ސުވާލަކީ މީ ކިހިނެއްވާކަމެއްތޯއެވެ؟ ޔޫވީ ޓީމުން މިކަން ދިރާސާކުރުމުން މިކަމުގެ ހަގީގަތް ވަނީ ވަރަށް ބޮޑަށް ސާފު ވެފައެވެ. މިކަމަކީ އެންމެ މީހެއްގެ ބައިވެރިވުން އޮވެގެން ކުރާކަމެއް ނޫނެ މިކަމުގައި ފޮރުވިފައިވާ ދެ މަގުސަދެއް ވެއެވެ. ފުރަތަމަ ކަމަކަށް ފާހަގަ ކޮށްލާނީ ރަށުގެ އަމަން ބަލަހައްޓަން ތިބި ފުލުނުން ގެ އަގު ވައްޓާލާ ރައްޔިތުން ނާ ފުލުހުން ޖައްސާ އެމީހުން ރަށުން ބޭލުމެވެ. ދެވަނަ ކަމަކަށް ފާހަގަ ކޮށްލާނީ މިކަމަކީ ޒާތީ ތައަްއްސަބެއް އޮވެގެން ސިޔާސީ ބޭނުމަކަށް ބަޔަކު ކުޅޭ ޑުރާމާއެކެވެ.
މިދަން ނަވާލަނީ މިކަން ރޭވުނު ގޮތެވެ.. މީގެ ކުޑަދުވަސްކޮޅެއް ކުރިން ކަނޑިތީމު ޕޮލިސް ޓޭސަނަށް މީހަކު ކުރި މަސްތުވާ ތަކެއްޗާ ބެހޭ ރިޕޯޓަކާ ގުޅިގެން ފަތުހުއްﷲ ވަނީ ޕޮލިސްޓޭސަނަށް ހާޒިރު ކޮށް ރިޕޯޓް ނަގައިފައެވެ. އަދި ދާދި މިދާކަށް ދުވަހު ށ އަތޮޅު ކައުންސެލަރ ހަންނާން ކަނޑިތީމަށް އެރިޔަނުދީ ރަސުން ފޮނުވާލި މައސަލާގަސި އެރޭ ޑީއާރުޕީ މީހުންނަށް އެމީހުން ބޭނުން ވި ގޮތަށް އެކަން ނުގެން ދެވުނީ އެރޭ ފުލުހުން ހަރަކާތް ތެރި ވެފައި ވާތި އެވެ. މިކަން ކަން މިހެން ގޮސްފައިވާތީ މިމީހުން ރޭވި ޕުލޭނަކީ ފުލުހުން ގެ އަގު ވައްޓާލާ ފަތުހުއްﷲގެ މައްސަލަ ރިޕޯޓުކުރިފަރާތައްބިރު ދައްކާ އޭނައަށް ނުވަތަ އޭނަގެ އާއިލާއަށް ޅުޓީއެއް ދިނުމަށެވެ. އެހެން ކަމުން ޕޮލިސްޓޭސަން ގައި މަސައްކލަތް ކުރާ ޕޮލިސްކުއްޖެއް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަނޑިތީމު އަންހެން ޖެއްގެ ކައިރިޔަށް ފަތޭގެ އޯޑަރަށް ވަނީ މަޑި ހަމީދު ވަނީ އެގޭގެ ކޮޓަރިދޮރު ހަލާކޮށްލުމަށް ފަހު އެއަންހެންކުއްޖާއާ ކައިރިއަށް ވަދެފައެވެ. އެއްގެއަކަށް 3 ފަހަރު މަޑި ހަމީދު ވެފައިވާއެރު އެގެޔަށް ތަކުރާރުކޮށް އެއްކުއްޖެއްކައިރިޔަށް ވަދެފައިވާއިރު ހަމީދުވަނީ އެކުއްޖާއަށް ޖިންސީ ގޯނާ ކުރަން އުޅެފައެވެ. އެގޮތުން އެކުއްޖާ ލައިގެން އޮތް ހަރުވާޅު ވަނީ ކަޓަރުއަޅާ ފަޅާލާފަކަމަށް މަންޒަރު ދުއް ފަރާތަކުން ވަނީ ޔޫވީއަށް ކަށަވަރު ކޮށްދީފައެވެ. އެ ގެޔަކީ ފަތޭގެ މައްސަލަ ރިޕޯޓް ކުރި ފަރާތާ ގުޅުން ހުރި ކުއްޖަކު އުޅެމުންދާ ގެއެއްކަން ވެސް ފާހަގަ ކޮށްލަމެވެ އަދި ރަށުތެރޭގައި މަޑި ހަމީދު މީހުން ކައިރިޔަށް ވަން ނަ ވާހަކަ ދެކެވެމުން ދާއިރު މިމީހުން ނާ ގުޅުން ހުރި އެކިފަރާތް ތަކުން ދަނީ އެކަމަކީ ޕޮލކުިހުން ކުރާކަމެއް ކަމަށް ބުނެ އެމީހުން ގެ ބޮލަށް އެކަން ކަނޑަމުންނެވެ.
ނަމަވެސް މިކަމުގގެ ހަގީގެއް އެނގި ހުރެ ކަނޑިތީމް ޕޮލޮސްޓޭސަންއ ގެ މަސަްކަތް ކުރާ މުހައްމަދު ޔާމީން (ޔާންޑޯ) ދަނީ މަޑިހަމީދު ދިފާއުކުރުމަށް މަސައްކަތް ކުރަމުންނެވެ. މަޑި ހަމީދު މީހުން ކައިރިޔަށް ވަން ނައް ޔާންޑޯ ސައިކަލް ގައި ދާއިރު މި މައްސަލަ ބެލިޔަ ނުދޭން ޔާމީން މަސައްކަތް ކުރަމުންދާްއިރު ކަނޑިތީމު ޕޮލިސްޓޭސަނަށް އެކި ފަރާތް ތަކުން ކުރާ ރިޕޯޓު ތަކާ އައްސަލަތަކާސ ގުޅުން ހުރި މައުލޫމާތު ދަނީ ޔާންޑޯ ހަމިއްޓޭ އަށާ ފަތޭއަށް ކިޔާދެމުން ނެވެ. ގުންޑާއިންގެ ޕުލޭން ފެއިލް ވެފައި ވާއިރު މަޑިހަމީދު މީހުން ކައިރިޔަށް ވަންނަ ވާހަކަ ދައްކަން ފެށުމުން މީހެއްކައިރިޔަށް ވަން ވާހަކައެއް އަދި އަޑު އިވިފައެއް ނުވެއެވެ.
ޔޫވީ ގެ ފަރާތުން ކަނޑިތީމު ޕޮލިސްޓޭސަނަށް މިގޮވާލަނީ ކަނޑިތީމް އަންހެން ވެރިން ނަށް ލިބެމުން އެދާ ނަފްސާނީ ބިރުވެރިކަމުން ސަލާމެއްކޮށް ގާނޫނުގެ ކުރިމައްޗައް އެމީހަކު ގެނެސް އެކަމުގެ ހައްގު އަދަބު ދިނުމަށެވެ.




1 comment:

  1. ގިނައިން ވަންނަ މީހުންގެ ގޭގެއަށް ގިނައިން ވަންނާނީ. އަލީ ރިފާޒުވެސް ނައީމުކަތީބު އަންހެނުން ކައިރިއަށް ވަންނަން އުޅުނު އިރަކު ހިތަކަށް ނާރާ މި ގޯސްކަމެކޭ. މިހާރުދެން ކަލޭކޮއްކޮމެން ކައިރިއަށް ގޮސް ވަނީމާ ތިކިޔަނީ ކީކޭ. މާރިއްޗެއްނު އަމައޭ ކިއްޔާ! އެމައްސަލައިގައި ޕޮލިހަށްވެސް ގެންދިޔަ. ބަޔާންވެސް ނެގި.

    ReplyDelete